ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހަ އަހަރު ހޭދަކުރައްވައި ފާތުމަތު ރަޒީނާ އިސްތިއުފާ ދެއްވައިފިއެވެ.
ފައިނޭންސް ކޮންޓްރޯލަރުގެ މަގާމަށް ރަޒީނާ އައްޔަންކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޖުލައި، 5، 2016 ގައެވެ. ރަޒީނާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވުމަށްފަހުއެވެ.
ރަޒީނާ އިސްތިއުފާ ދެއްވީ ރާއްޖެއިން ބޭރުގައި ޕީއެޗްޑީ އަށް ކިޔަވަން ވަޑައިގެންނެވުމަށެވެ. ޕީއެޗްޑީ ހައްދަވަނީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިންނެވެ.
ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުމެވެ. ދައުލަތަށް ލިބޭ އާމްދަނީ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްކުރުމަކީ ވެސް ފައިނޭންޝަލް ކޮންޓްރޯލަރު އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތެކެވެ.
ކޮމެންޓު ފޮނުވާ