ސޯޅަ އަހަރަށް ފަހު ޕާކިސްތާނުގައި މެޗެއް ކުޅުމަށް އެ ގައުމަށް އިންގްލަންޑުން ދާން ނިންމައިފިއެވެ.
ދެހާސްނުވަ ވަނަ އަހަރު ޕާކިސްތާނުގެ ލާހޯރުގައި، ސްރީ ލަންކާގެ ގައުމީ ކްރިކެޓް ޓީމަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ދާދި ފަހަކާ ޖެހެންދެން އެއްވެސް ގައުމަކުން ޕާކިސްތާނަށް މެޗު ކުޅެން ގޮސްފައެއް ނުވެއެވެ. ޕާކިސްތާނުގެ ހޯމް މެޗުތައްވެސް އޭރުއްސުރެ ގިނައިން ކުޅެފައިވަނީ ޔޫއޭއީގައެވެ.
ކްރިކެޓް ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އިންގްލަންޑުން ޕާކިސްތާނަށް ދާން ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަންނަ އަހަރުގެ އޮކްޓޫބަރު މަހު އިންގްލަންޑްގެ ކްރިކެޓް ޓީމުން ޕާކިސްތާނަށް ކުރާ ދަތުރު ވެގެންދާނީ 2005 ވަނަ އަހަރުގެ ފަހުން އިންގްލަންޑް ޓީމުން ޕާކިސްތާނަށް ކުރާ ފުރަތަމަ ދަތުރަށެވެ.
އިންގްލަންޑް ކްރިކެޓް ޓީމުން ޕާކިސްތާނަށް ކުރާ ދަތުރުގައި ޓީޓުވެންޓީ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.