އިންޑިއާ އިން މިފަހަރު އޮސްކާއަށް ގުޖުރާތީ ފިލްމް "ލާސްޓް ފިލްމު ޝޯ"

އިންޑިއާ އިން މިފަހަރު އޮސްކާއަށް ގުޖުރާތީ ފިލްމް "ލާސްޓް ފިލްމު ޝޯ"

އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީއަށް އިންޑިއާ އިން ގުޖުރާތީ ފިލްމު، ޗެލޯ ޝޯ (ލާސްޓް ފިލްމު ޝޯ) ފޮނުވަން ނިންމައިފިއެވެ.

މި ފިލްމަކީ ގުޖުރާތީ ފިލްމަކަށް ވާތީ އާންމުގެ މެދުގައި އެ ފިލްމަކީ އެހާ ބޮޑަށް މަގުބޫލު ފިލްމެއް ނޫނެވެ. 95 ވަނަ އޮސްކާ އެވޯޑްސްއަށް ފޮނުވަން ފިލްމު ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) އިން މި ފިލްމު ހޮވި އިރު، ކުރިން ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ އޮސްކާއަށް އިންޑިއާ އިން ފޮނުވާނީ މި އަހަރުގެ މާޗްގައި ރިލީޒްކުރި، ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ކަމަށެވެ.

 

View this post on Instagram

 

A post shared by Roy Kapur Films (@roykapurfilms)

"ލާސްޓް ފިލްމު ޝޯ" ވަނީ މިދިޔަ އަހަރު ފިލްމު ފެސްޓިވަލްގައި ޕްރިމިއާކޮށްފައެވެ. ސިނަމާގައި ފިލްމު އަޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ 14 ގައެވެ.

މި ފިލްމު އޮސްކާއަށް ނޮމިނޭޓް ކުރަން ހޮވުމުން ފިލްމުގެ ޑައިރެކްޓަރު ޕަން ނަލިން ބުނީ މިއީ ކުރިން އެއްވެސް ވަރަކަށް އުންމީދުކުރި ކަމެއް ނޫން ކަމަށެވެ. އޭނާގެ ގިނަ ފިލްމުތަކަކީ ބޭރު ގައުމުތަކުގައި ޕްރިމިއާކޮށް އާންމުންގެ ތަރުހީބު ވެސް ލިބުނު ފިލްމުތަކެއް ކަމަށް ވަނީ ބުނެފައެވެ.

އެ ފިލްމަކީ މިިދިޔަ އަހަރު ބޭއްވި 66 ވަނަ ވޮލަޑޮލިޑް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ދައްކައިގެން ގޯލްޑެން ސްޕައިކް އެވޯޑް ވެސް ލިބިފައިވާ ފިލްމެކެވެ.

"ދަ ލާސްޓް ފިލްމު ޝޯ" އަކީ ނުވަ އަހަރުގެ ކުއްޖެއްގެ ހިތުގައި ސިނަމާއަށް އޮންނަ ލޯބި ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ކާސްޓްގައި ސަތިޝް ކޯޝިކް، ޕަތުނާ ޝުކްލާ، މާނަވް ވިޖް، ޗަންދަން ރޯއި ސަނިއާލް، ޖަތިން ގޮސްވާމީ އަދި އަނުޝްކާ ކޯޝިކް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *