ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) ސިއްރުކޮށްފައިވަނިކޮށް، މަޖިލީހަށް ހެދުނު ގޯހަކުން ކޮމެޓީ ލައިވްކުުރުމުން ޚަބަރު ހެދި މައްސަލާގައި ހަބަރުތައް ނޫސްތަކުން ނަގަން މަޖިލިހުގެ އިދާރާ އަށް އެންގިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނެފިއެވެ.
މަޖިލީހުގެ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ، ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ސިއްރުކޮށްފައިވަނިކޮށް، އެކޮމިޓީގެ އަޑު ޔޫޓިއުބު ޗެނަލްގައި ލައިވްކުރެވުނީ ދިމާވީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަމަށެވެ. ހޯމް މިނިސްޓަރ ޢިމްރާން ޙާޒިރުކުރި އެކޮމިޓީ ވަގުތުކޮޅަކަށް ލައިވްކުރުމުން ބައެއް މީޑިއާއިން ވަނީ ޚަބަރު ޝާއިއުކޮށްފައެވެ.
ގާތް ގަނޑަކަށް 50 މިނުޓްވަންދެން މަޖިލީހުގެ އިދާރާއަށް ނޭގި ކޮމެޓީ ލައިވް ކުރެވެމުން ދިޔައިރު، ނޫސްތަކުން މިޚަބަރުތައް ކަވާ ކުރުމަކީ މައްސަލައެއްކަމަށް މަޖިލީހުގެ އިދާރާއިން ދެކެއެވެ. ނަމަވެސް ނޫސްތަކުގައި ލިޔެފައިވާ އެއްވެސް ޚަބަރެއް މަޖިލީހުން އެންގި އެންގުމާއި އެއްގޮތަށް ނަގާފައި ނުވެއެވެ.
މިމައްސަލަގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނެފައިވަނީ މަޖިލީހުގެ އިދާރާއަށް ހެދުނު ގޯހެއްގެ ސަބަބުން އާންމުވި، އޯޑިއޯއެއްގެ މައްޗަށް ހަބަރު ލިޔެގެން އެ ހަބަރުތައް ނެގުމަށް މަޖިލީހުން އެންގުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި، ގިނައިރު ތަކެއް ވަންދެން ކޮމެޓީ ލައިވްކުރި ކަމަށާއި ހަބަރުތައް ލިޔުމުގެ ކުރިން އެކަން އެގޮތަށް ނުކުރުމަށް އަންގާފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން އެނގޭ ގޮތުގައި ސިއްރު ކޮމިޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުތައް ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެއް. އެހެންކަން އޮތް އިރު، ނޫސްތަކުގައި ޖެހި އެ ހަބަރުތައް ނެގުމަށް މަޖިލީހުުގެ އިދާރާއަށް ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް މި ޖަމްއިއްޔާއިން ގަބޫލެއް ނުކުރަން.
– އެމްޖޭއޭގެ ބަޔާނުގައިވެއެވެ.
🚨Concern over the parliament’s directive to media institutions to remove an article based on an audio released due to the negligence of the parliament’s secretariat @mvpeoplesmajlis pic.twitter.com/CKbhFqV94f
— Maldives Journalists Association (@mjamaldives) September 22, 2022
މަޖިލީހުގެ އެންގުމާއި ދެކޮޅަށް މިޚަބަރުތައް ކަވަރު ކުރި ގިނަ މީޑިޔާތަކުގެ އެޑިޓަރުންވެސް ވަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިމައްސަލާގައި ބައެއް ނޫސްތަކުގެ ވެރިން މިއަދު މީޑިއާ ކައުންސިލަށްވެސް ވަނީ ހާޒިރުކޮށްފައެވެ.