ރިޒާވް ފޯސް ހަނގުރާމައަށް ނެރެން ޕުޓިން އަމުރު ކޮށްފި

ރިޒާވް ފޯސް ހަނގުރާމައަށް ނެރެން ޕުޓިން އަމުރު ކޮށްފި

ރަޝިއާގެ އަސްކަރިއްޔާގެ ރިޒާވް ފޯރސް ހަނގުރާމައަށް ނެރެން އެގައުމުގެ ރައީސް ޕުޓިން އަމުރު ކޮށްފިއެވެ.

ރަޝިއާގެ ރިޒާވް ފޯރސް ޔޫކުރެއިންގައި ހިނގަމުންދާ ހަގުރާމައަށް ނެރެން ޕުޓިން އަމުރު ކޮށްފައިވަނީ ފާއިތުވެދިޔަ 3 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ހަގުރާމާގައި ރަޝިއާއަށް ބޮޑެތި ނާކާމިޔާބީތަކާއި ކުރިމަތިލާން ޖެހިފައިވަނިކޮށެވެ. މިގޮތުން ފާއިތުވެދިޔަ 3 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޔޫކުރެއިންގެ އަސްކަރިއްޔާއިންވަނީ ރަޝިއާއިން ހިފާފައިވާ 1،000 އަކަކިލޯ މީޓަރުގެ ސަރައްހަދެއް މިނިވަން ކޮށްފައެވެ.

މިއަދު ރަޝިއާގެ ޓީވީގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައިވަނީ، ރަޝިއާގެ ރިޒާވް ފޯރސްއިން ބައެއް ހަނގުރާމައަށް ނެރެން ނިންމާފައިވަނީ ރަޝިއާގެ މިނިވަންކަން ހިމާޔަތް ކުރުމުގެ ގޮތުން ކަމުގައެވެ. އަދި ޕުޓިން ވަނީ ހުޅަނގުގެ ގައުމުތަކުން ރަޝިއާ ބަލިކަށިކުރަން މަސައްކަތް ކުރަމުން ދާކަމަށެވެ.

ރަޝިއާއިން 300،000 ރިޒާވިސްޓުން ހަނގުރާމައަށް ނެރެން ނިންމުމާއި ގުޅިގެން ޖާރމަނީ ޗާންސެލަރ އޮލާފް ޝޯލްޒް ވިދާޅުވެފައިވަނީ ރަޝިއާގެ މި ނިންމުމުން ދައްކުވައިދެނީ ހަނގުރާމާގައި އެގައުމު މާޔޫސްވެފައިވާ މިންވަރު ކަމުގައެވެ.

މީގެ އިތުރުން ހުޅަނގުގެ ގައުމުތަކުންވަނީ، ރަޝިއާއިން ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދުތަކުގައި ނެގުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މިގޮތުން އެމެރިކާ، ޖާމަނީ އަދި ފްރާންސުން ބުނެފައިވަނީ މިއީ ރަޝިއާއިން ނަގާ މި "ލަދުވެތި ވޯޓުގެ" ނަތީޖާ ދުވަހަކުވެސް އެގައުމުތަކުން ބަލައި ނުގަންނާނޭ ކަމުގައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިތާ 7 މަސްފަހުން، ހިފާފައިވާ ސަރަހައްދު ތަކުގައި، އެ ސަރަހައްދުތަކުގެ އާންމު ރައްޔިތުން ރަޝިއާއާއި ގުޅެން ބޭނުންތޯ ބެލުމުގެ ނަމުގައި، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، އެ ސަރަހައްދުތަކުގައި ތިބި ރަޝިއާއަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކުރެއިންގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ތިބި ރަޝިއާއަށް ތާއީދުކުރާ އޮފިޝަލުން މިހާރު އިއުލާން ކޮށްފައިވާ ގޮތުގައި، ރަޝިއާއާއި ގުޅެން ބޭނުންވޭތޯ ބެލުމަށް މި ސަރަހައްދު ތަކުގައި މި ހަފްތާއިން ފެށިގެން ވޯޓު ނެގުމަށް މިހާރުވަނީ ހަމަޖައްސާފައެވެ.

ރަޝިއާއިންވަނީ 2014ވަނަ އަހަރުން ފެށިގެން ޔޫކުރެއިންގެ ކްރައިމިއާ ސަރަހައްދަކީ އެގައުމުގެ ބައެއްކަމަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ބައިނަލްއަގުވާމީ މުޖުތަމަޢުން މިސަރަހައްދަކީ ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ.

ބައިނަލްއަގުވާމީ މުޖުތަމަޢުން ދެކޭ ގޮތުގައި ރަޝިއާގެ މަގުސަދަކީ، މިހާރު ކުރިޔަށްދާ ހަގުރާމާގައި އެގައުމުން ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ރަބަރ ސްޓޭމްޕް ޖެހުމަށެވެ.

ޔޫކުރެއިންއިން ވަކިވެގަނެގެން އުޅޭ، ރަޝިއާއިން އެހީތެރިކަން ފޯރުކޮށްދޭ ޑޮނެސްކް އަދި ލުހާންސްކުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މި ސެޕްޓެމްބަރުމަހުގެ 23 އިން 27އަށް މި ސަރަަހައްދުތަކުގައި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެރަހައްދަކީ ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިއިރު، އެއީ މިނިވަން ދެ ދައުލަތްކަމަށް ރަޝިއާއިން ބަލއިގެންފައިވާ ދެރަހައްދުވެސްމެއެވެ.

މީގެ އިތުރުން ޔޫކުރެއިން ދެކުނުން ރަޝިއާއިން ހިފާފައިވާ ޚާސަން ރީގަންގައިވެސް މިފަދަ ވޯޓެއް ނެގުމަށް މިހާރު ނިންމާފައިވާކަމަށް އެ ސަރަހައްދުގައި ރަޝިއާއިން އައްޔަން ކޮށްފައިތިބި އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ހަމަ އެފަދައިން ރަޝިއާއިން ހިފާފައިވާ ޒެޕޮރިޒްހިއާގައި ތިބި، ރަޝިއާއިން އައްޔަންކޮށްފައިވާ އޮފިޝަލުން ވަނި އެސަރަހައްދުގައިވެސް މިފަދަ ވޯޓެއް ނެގުމަށް ހަމަޖެހިފައި ވާކަމުގައެވެ.

ފާއިތުވެދިޔަ މަސްތަކުގައިވެސް ރަޝިއާއިންވަނީ އެގައުމުން ހިފާފައިވާ ޔޫކުރެއިންގެ ސަރަހައްދުތަކުގައި މިފަދަ ވޯޓުތައް ނެގުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މި ވޯޓުތައް މިހާތަނަށް ނެގިފައި ނުވަނީ ހިގަމުންދާ ހަގުރާމައިގެ ސަބަބުންނެވެ.

އަދި ޔޫކުރެއިންއިން ދެމުންދާ ކައުންޓަރ ހަމަލާތަކުގެ ސަބަބުން މިފަދަ ވޯޓެއް ނެގުންވަނީ އިތުރަށް އުދަގޫކަމަކަށް ވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.