241 ކޮމިޓީ ސިއްރުކޮށްފައިވާތީ، ޚަބަރުތައް ނަގަން މަޖިލީހުން މީޑިއާއަށް އަންގައިފި

241 ކޮމިޓީ ސިއްރުކޮށްފައިވާތީ، ޚަބަރުތައް ނަގަން މަޖިލީހުން މީޑިއާއަށް އަންގައިފި

Author
މުޙައްމަދު ޖިމީ
21 ސެޕްޓެމްބަރ 2022 04:38
0

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) ސިއްރުކޮށްފައިވަނިކޮށް، އެ ކޮމިޓީގެ ޚަބަރު ބައެއް މީޑިއާއިން ރިޕޯޓްކޮށްފައިވާތީ އެ ޚަބަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގައިފިއެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ، ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ސިއްރުކޮށްފައިވަނިކޮށް، އެކޮމިޓީގެ އަޑު ޔޫޓިއުބު ޗެނަލްގައި ލައިވްކުރެވުނީ ދިމާވީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންކަމަށެވެ. ހޯމް މިނިސްޓަރ ޢިމްރާން ޙާޒިރުކުރި އެކޮމިޓީ ވަގުތުކޮޅަކަށް ލައިވްކުރުމުން ބައެއް މީޑިއާއިން ވަނީ ޚަބަރު ޝާއިއުކޮށްފައެވެ.

 

އެއީ ސިއްރު ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް، ކޮމިޓީގައި ދެއްކި ވާހަކަތައް ހިމަނައި، އެ ބައްދަލުވުމަށް ހަވާލާދީ ބައެއް މީޑިއާތަކުން ހަބަރު ލިޔެފައިާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްރު ކޮމިޓީގެ ސިއްރުކަން ހިފެހެއްޓުމަށް، މި ދެންނެވި ކޮމިޓީ އަށް ހަވާލާދީ ޝާއިއު ކޮށްފައިވާ ލިޔުންތައް މީޑިއާ އިން ނެގުމަށް ދަންނަވަމެވެ.

– މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައިވެއެވެ.

ހޯމް މިނިސްޓަރ ކޮމިޓީއަށް ޙާޒިރުކުރީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކާއި ގުޅޭގޮތުންނެވެ. ކޮމިޓީ ސިއްރުކޮށްފައިވަނިކޮށް، އެ ކޮމިޓީގެ ޚަބަރު ބައެއް މީޑިއާތަކުން ގެނެސްދިން މައްސަލަ ބަލާނެކަމަށް އެކޮމިޓީގެ މުގައްރިރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.