ރ. ކިނޮޅަހު ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެމްޓީސީސީން މިހާރު ކުރަމުންދާ މަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ކިނޮޅަހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ވަނީ ނިމިފައިކަމަށެވެ.
Work on design and build of R. Kinolhas Harbor Development Project is well underway, with overall 60% project progress. We have completed channel dredging operations.#MTCCProjects #RayyithungeKunfuni pic.twitter.com/XXzz1KaAbR
— MTCC Plc (@MTCCPlc) September 21, 2022
ރ.ކިނޮޅަހު ބަނދަރު ތެރެއަށް ވެލި ވަދެ ނެރު ބަންދުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިމައްސަލަ ދިމާވި ހިސާބުން ގިނަ ގޮންޖެހުންތަކެއް އެރަށު ފަޅަށްވަދެ ނުކުތުމަށް ކުރިމަތިވިއެވެ. ޒަރޫރީ ބޭނުންތަކަށް ރަށު ބަންދުވެފައި ހަފްތާއެއްހާދުވަހު އެރަށު ރައްޔިތުން ތިބެންޖެހުނެވެ. ރަށަށް މުދާ ގެނައުމާއި ރަށުގައި ދަނޑުވެރިކަމުން ހައްދާ ބާވަތްތައް ބޭރުނުކުރެވި ހަލާކުވެގެން ދިޔައެވެ.
ކިނޮޅަހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ބަނދަރު ފުންކުރުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި ރޭމްޕް ހެދުމާއި، 1663 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ ނެރު ބައްތި ހަރު ކުރުމާއި ބަނދަރު ބައްތި ހަރުމުގެ މަސައްކަތް ހިމެނެއެވެ.
މިހާރު އެރަށުގައި އޮތީ 400 ފޫޓްގެ ބަނދަރެކެވެ. ބަނދަރަށް އިތުރު ކުރަނީ ބަނދަރުގެ ހުޅަނގުފަރާތުން 360 ފޫޓެވެ. މި މަސައްކަތް ނިމުމުން ފަޅުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން އުންމީދު ކުރެއެވެ.
ހަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކިނޮޅަހު ބަނދަރަށް ވެލިވަދެ ތިލަވުމަކީވެސް އެރަށު ފަޅު ބޭނުންކުރާ ފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިމަސައްކަތާއެކު އެކަމަށް ހައްލު ލިބޭނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ