ފްރާންސް ޓީމުގައި ތަފާތު މޮޅުތެކުޅުންތެރިން ގިނަވުމަކީ ޓީމަށް ލިބޭ ފައިދާއެއްކަމަށް ފްރާންސްގެ ކޯޗު ޑިޑިއަރ ޑިޝޯމްޕްސް ބުނެފިއެވެ.
ނޭޝަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ފަހުމެޗަށްފަހު ވާހަދައްކަމުން ޑިޝޯމްޕްސް ބުނީ އަންނަ މާޗުމަހާއި ހަމަޔަށް ވާދެވެރި މެޗަށްކަށް ދެން އިންތިޒާރު ކުރަން ޖެހޭއިރު މިފޯމުގައި މިހާލަތުގައި ޓީމު ނޯވެދާނެކަމަށާއި ރަނގަޅު ހާލަތުގައި ބޭއްވުމަށް އޭނާ އާއި އޭނާގެ ކޯޗިން ސްޓާފުން މަސައްކަތް ކުރާނެކަމަށެވެ.
އޭނާ ބުނީ މުބާރާތުގެ ގުރޫޕްސްޓޭޖުން އެންމެ ބޮޑަށް ފާހަގަވީ ޒުވާން ކުޅުންތެރިން ދެއްކި ކުޅުންކަމަށާއި އެކުޅުންތެރިން އެންމެ މަތީ ލެވެލްގައި ވާދަކުރުމުން އެއީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިންނެއްކަން ސާބިތުކޮށްދީފިކަމަށް ޑިޝޯމްޕްސް ބުނެފައިވެއެވެ. އޭނާ ބުނީ ތަޖުރިބާކާރު ކުޅުންތެރިންނާއެކު އެއްފެންވަރެއްގައި ކުޅެވޭ ޒުވާން ކުޅުންތެރިން ގިނަވުމަކީ މިވަގުތު ޓީމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
މާޗުމަހު އަލުން މެޗުތަކަށް ނުކުންނައިރު މިހާލަތު ނޯންނާނެ، ޒުވާން ކުޅުންތެރިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފި، ތަފާތު މަގާމުތަކަށް ކުޅޭ އެކި ފެންވަރުގެ ކުޅުންތެރިން ގިނަވުމަކީ މިވަގުތު ޓީމަށް ލިބޭ ހިތްހަމަޖެހުމެއް.
– ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފައިވެއެވެ.
ފްރާންސް އަކީ މިފަހަރު ނޭޝަންސް ލީގުގައި ފައިނަލުބުރުގެ ޖާގައެއް އެންމެ ފުރަތަމަ ކަށަވަރުކުރި ޓީމެވެ.