ދިގު މާޒީއެއްގައި އެއްވެސް ސަރުކާރަކުން ނުގެންނަ ފަދަ ތަރައްގީއެއް މިސަރުކަރުން ގދ. ރަތަފަންދޫއަށް ގެނެސްދީފައިވާ ކަމުގައި، ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ސާލިހު ވަނީ ވީ ހުރިހާ ވައުދެއް ރަނުންރަނަށް ފުއްދަވާފައި ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ރައީސް ސާލިހު ގެންދަވަނީ ވަކި އާބާދީއަކަށް، ވަކި ކުލައަކަށް ބެލުމެއްނެތި ރަށްތައް ތަރައްގީ ކުރައްވަމުން ކަމުގައެވެ.
Dhigu maazeega ehves sarukaarakun Nugehna tharahgee misarukaarun vanee Gdh Rathafandhoo ah genes dheefa.V hurihaa vaudheh Ranun Ranah vanee fudhavaafa.@ibusolih verikamakee rahyithunge verikamehkan engenee thafaath kurumeh nethi hingamundhaa tharahgee.Aabaadhee akah ;kulayakah1/2
— Saudulla Ahmed (@saudullaahmed1) September 20, 2022
ސައުދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް ސާލިހަކީ އޯގާތެރި ރައީސެއްކަމަށް ރައްޔިތުން މިހާރުވަނީ ބަލައިގެންގައި ވާކަމުގައެވެ.
ސަރުކާރުން ދާދިފަހުންވަނީ ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައެވެ. މިމަޝްރޫއުގެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް ކަމަށެވެ.
މިމަޝްރޫއުގެ ތެރޭގައި، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިމަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާއެވެ.