މިމޮޅު ހާއްސަ ކުރާނީ މަންޗީނީއަށް: އިވާނީ

މިމޮޅު ހާއްސަ ކުރާނީ މަންޗީނީއަށް: އިވާނީ

ގުޅުންހުރި

ނޭޝަންސް ލީގުގައި ރޭ އިޓަލީ މޮޅުވެ މުބާރާތުން ފައިނަލު ބުރުން ޖާގަ ލިބުމުން މޮޅު ހާއްސަކުރާނީ މިވަގުތު ޓީމާ ދުރުގައި ހުރި ކޯޗު މަންޗީނީއަށް ކަމުގައި ޓީމުގެ އެސިސްޓެންޓް އަލްބްރެކޯ އިވާނީ ބުނެފިއެވެ.

މުބާރާތުގައި ފަހު ދެމެޗުގައި އިޓަލީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ ވަނީ ކޮވިޑް ޕޮޒިޓިވް ވުމުން ވަނީ ޓީމާ އެކަހެރިވެފައެވެ. ފަހު ދެމެޗުގައި ޓީމަށް އިރުޝާދުދީނީ އެސިސްޓެންޓްކޯޗު އިވާނީއެވެ.

މެޗަށްފަހު ވާހަދައްކަމުން އިވާނީ ބުނީ މިއީ ކުޅުންތެރިން މަންޗީނީއަށްޓަކައި ހޯދި މޮޅެއްކަމަށެވެ. އަދި މިމޮޅު ޓީމުގެ ފަރާތުން ހަދިޔާކުރާނީވެސް މަންޗީނީއަށް ކަމަށް އިވާނީ ވަނީ ބުނެފައެވެ. އިވާނީ ބުނީ މިކާމިޔާބީއިން މަންޗީނީ އުފާވެނެކަން ޔަގީންކުރާކަމަށެވެ. ފައިނަލުބުރުގައި ޔޫރަޕުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނަން އިޓަލީން ވަރަށް ރަނގަޅަށް ތައްޔާރު ވާނެކަމަށް އިޓަލީގެ ކޯޗުގެ ޒިންމާއާ މިވަގުތު ހަވާލުވެ ހުރި އިވާނީ ބުނެފައިވެއެވެ.

އޭނާ ބުނީ ޔޫރަޕުގެ ގަދަހަތަރު ޓީމުގައި އިޓަލީ ހިމެނުމަކީ ޓމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު ހޯދުނު ވަރަށް ބޮޑުކާމިޔާބެއް ކަމަށެވެ. ފައިނަލު ބުރުގައި ކޮންމެ ޓީމަކާ ޖުހުނަސް އިޓަލީގެ ފެންވަރުދެއްކޭނެކަމަށް ޓީމުގެ އެސިސްޓެންޓް ކޯޗު ވަނީ ބުނެފައެވެ.

ހަމަޔީގުންނުވެސް މި ކާމިޔާބީން މަންޗީނީ އުފާވާނެ، ޔޫރަޕުގެ ވަރުގަދަ ޓީމުތަކުގެތެރޭގައި ޒުވާން ކުޅުންތެރިންނާއެކު ހިމެނުމަކީ ލިބުނު ވަރަށް ބޮޑުކުރިއެރުމެއް.

އިވާނީ ވަނީ ބުނެފައެވެ.

އިޓަލީ ފައިނަލު ބުރުން ޖާގަހޯދީ ގުރޫޕްގެ އެއްވަނައިގަ ހަމެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *