ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށް، ސީޕީގެ ވަރުގަދަ އިންޒާރެއް!

ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށް، ސީޕީގެ ވަރުގަދަ އިންޒާރެއް!

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2022 10:02
0

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށް، ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިންޒާރެއް އަނެއްކާވެސް މާލޭގެ ގްރޫޕްތަކަށް ދީފިއެވެ.

ސިޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފައިވާކަމަށެވެ. އަދި އޭނާ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާ ވަނީ ހައްޔަރުކުރެވިފައި ކަމަށެވެ.

ސީޕީ ވިދާޅުވީ އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށެވެ. ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސީޕީވަނީ މިރޭވެސް ތަކުރާރު ކުރައްވާފައެވެ.

އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ. ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން!

– ސީޕީ ވިދާޅުވިއެވެ.

މިމަހުގެ ނުވަވަނަ ދުވަހުވެސް ފުލުހުންނަށް މާލޭގެ ގްރޫޕަކުން ވަނީ ހަމަލާދީފައެވެ. މިމައްސަލާގައިވެސް ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. އެދުވަހުވެސް ސީޕީ ހަމީދު ވިދާޅުވީ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ގޭންގުތަކާއި ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކަށް މަޑުޖެހުމެއް ނާންނެކަމަށެވެ.

މާލޭގައި ވައްކަމާއި ފޭރުމާއި، ގޭންގް މާރާމާރީތައް އިތުރުވަމުންދާއިރު، މިކަންކަން ހުއްޓުވުމުގައި ހަރަކާތްތެރިވާ ފުލުހުންނަށްވެސް އެކި ވަރުގެ ހަމަލާތައް ދަނީ ކުރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގނ
ރިައްޔިތުން ނުކުމެ ތި ގޭންގު އާލާތްވަރު މަރަން ވީ