އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ އިންޑިޔާ މީހާ ހައްޔަރުކޮށް، ބަންދަށް އެއް ދުވަސް!

އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ އިންޑިޔާ މީހާ ހައްޔަރުކޮށް، ބަންދަށް އެއް ދުވަސް!

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2022 08:28
0

އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ ބިދޭސީއަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިސްކިތަށް ބޮޑުކަމުދިޔަ މައްސަލައިގައި އިންޑިއާގެ އުމުރުން 52 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުްނ ކްރިމިނަލް ކޯޓުން ވަނީ އޭނާ އެއް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

އޭނާ ބުނެފައިވާގޮތުގައި، އޭނާއަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފެެކެވެ. އަދި އޭނާ މާލެއަށް އައިސްފައި ވަނީ މާލޭގައި އޮތް ރޭގަނޑުގެ ކެއުމަކަށް ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ފުލުހުންގެ ފަރާތުން އޭނާއަކީ ސައްހަ ވިސާއެއްގައި އުޅޭ ފަރާތެއްކަން ކަށަވަރު ކޮށްފައިވާއިރު، އޭނާ މަސައްކަތް ކުރަނީ ރިސޯޓެއްގައިކަން ވަނީ ކަށަވަރުކޮށްފައެވެ.

އޭނާގެ ކޯޓު އަމުރުގައި ބުނެފައި ވަނީ، މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރިއިރުވެސް، އޭނާގެ މާދަރީ ބަހުން ތަރުޖަމާކޮށްދޭނެ ފަރާތެއް ހަމަޖެހިފައެއް ނުވެއެވެ. އަދި ފުލުހުންގެ ފަރާތުން އެ މައްސަލައިގައި ތަރުޖަމާނަކު ހަމަޖައްސަން މަސައްކަތް ކުރި ނަމަވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އެހެންވެ ތަރުޖަމާނަކު ނެތި ބަންދާއި މެދު ގޮތެއް ނިންމުމަކީ ތުހުމަތު ކުރެވޭ ފަރާތުގެ ކިބައިން ފާހަގަ ކުރަން ހުރިކަންކަން ފާހަގަ ކުރުމަށް ހުރަހެއް އޮތް ކަމަކަށް ވެދާނެތީ، މައްސަލައިގައި ބަންދާއި މެދު ގޮތެއް ނިންމަން ޖެހޭ ވަގުތު ޖެހިފައިވާތީ، ކުރު މުއްދަތެއް ދިނުމަށްފަހު، މާދަމާ އަލުން ތަރުޖަމާނަކާއެކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމަށް އެންގިފައިވާ ކަމަށް ކޯޓު އަމުުރުގައި ވެއެވެ.

މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައެއްގައި މީގެ ކުރިން ވެސް ބައެއް މީހުން ހައްޔަރުކޮށް ބައެއް މީހުންނަށް ދައުވާ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ކީކުރާއެއްދުވަހެށްތަ 1 މިނެތުރަގަޅުވާނެ އިންޑިޔާއެންނު އޯކޭވާނެ
ޢ ޢަޙްމަދު
ތިވާނީ ސިކުނޑި ހަމަނުޖެހޭ މީހަކަށް