ފުލުހުންގެ ޚިދުމަތާއި ގުޅުނު 47 ފުލަހަކު ހުވާކޮށްފި

ފުލުހުންގެ ޚިދުމަތާއި ގުޅުނު 47 ފުލަހަކު ހުވާކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2022 11:50
0

ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛް ފައްޔާޒް ޝާޠިރުއެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ނާފިޒު އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަރީފު ބައިވެރިވެލެއްވިއެވެ.

ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 47 ފުލުހުން ހުވާކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 33 ފިރިހެން ފުލުހުންނާއި 7 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީގެ ފިރިހެން 7 ފުލުހުންނެވެ. ފުލުހުން ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.