ރިޔާސީ އިންތިޚާބަކީ ރީތީގެ މުބާރާތެއް ނޫން: ޒައިދު

ރިޔާސީ އިންތިޚާބަކީ ރީތީގެ މުބާރާތެއް ނޫން: ޒައިދު

Author
މުޙައްމަދު ޝަޒައިމް
15 ސެޕްޓެމްބަރ 2022 08:31
0

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ރީތީގެ މުބާރާތެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައިވަނީ އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް މުހައްމަދަކީ ވަރަށް ރީތި ޒުވާން ބޭފުޅެއް ކަމަށާއި ސިޔާމްގެ ރީތިކަމަށް ބަލާފައި ވެސް އޭނާ ރައީސް ކަމަށް ގެންނަން ގިނަ ބަޔަކު ވޯޓްދޭނެ ކަމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެފައި ވަނިކޮށެވެ.

ޒައިދު ވިދާޅުވީ ޤައުމުގެ އެންމެ މަތީ މަޤާމަށް ބޭފުޅަކު ބާއްވާ އިންތިޚަބަކީ ރީތީގެ މުބާރާތެއް ނޫންކަމަށެވެ. ވެރިކަމަކީ ހަވާލު ކުރެވޭ ބޮޑު މަސްއޫލިއްޔަތަކަށްވާއިރު އެމަޤާމާއި ހަވާލުވާ ބޭފުޅަކީ އޭނާގެ މަސްއޫލިއްޔަތާއިމެދު ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ބޮޑުވެގެންވާ މަސްއޫލިއްޔަތެއް ކަމަށް ޒައިދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަކީ ރީތީގެ މުބާރާތެއް ނޫން! ވޯޓު ލާންވާނީ އެންމެ ތެދުވެރި އިޚްލާސްތެރި މީހަކަށް! ވެރި ކަމަކީ ބޮޑު މަސްއޫލިއްޔަތެއް! ވައުދުތަކާއި އަހުދުތަކެއް ވެގެން އާދެވޭ، މަސްއޫލިއްޔަތު ނޫފުލައިފިނަމަ، ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ބޮޑުވެގެންވާ ކަމެއް!

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވެފައިވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ އެޓާނީޖެނެރަލް ޑރ.ހަސަން ސައީދަށް ގިނަ ބަޔަކު ވޯޓް ދިނީ ވެސް ޑރ.ހަސަން ސައީދު ރީތިކަމުން ކަމަށެވެ. މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރު ހަސަން ސައީދަށް 25000 ވޯޓް ލިބުނުކަމަށާއި ތަޖުރިބާއެއް ނެތް ބޭފުޅަކަށް އެހައި ގިނަ ބަޔަކު ވޯޓް ދިނީ އެ ހުރިހާ ވޯޓެއް ލިބިގެން ހަސަން ސައީދުގެ ރީތިވީމަ ކަމަށެވެ.

އަންނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށް ސިޔާމް އަންނަނީ އޭނާގެ ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ފަހަކަށް އައިސް އެޕާޓީ އާއި ގި ބަޔަކު ވަނީ ގުޅިފައެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވެސް ސިޔާމް އިއުލާން ކުރެއްވިއެވެ. ނަމަވެސް ފަހުން ވަނީ ޕީޕީއެމް އާއި ކޯލިޝަން ހަދާފައެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ސިޔާމްގެ އެމްޑީއޭ އާއި ކޯލިޝަން ހަދައިގެންނެވެ.

ޔާމީންގެ ވެރިކަން ނިމުމާއިހަމައަށް އެކޯލިޝަން ދެމިއޮތެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސިޔާމް ޔާމީނަށް ތާއީދެއް ނުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
މިހާރުދެން ފިރިހެނަކު، ފިރިހެނަކު މާރީތިވެގެން އުޅެންވެއްޖެއްޔާ ކޮންމެވެސް ގިރިއަކަށް އަރާކަމަށް ނޫނީ ސަދޫމުކުޅިއަށް ޝައްކު ކުރުމުގެ އިޙުތިމާލުވެސް އޮވެދާނެ. ފިރިހެނަކު، ފިރިހެނަކު ރީތިވެގެން އުޅުމަކީ މި މުޖުތަމަޢަމަށް ފެތޭކަމެއްމޫން.
އ އިސީ
މިއުޅޭ ސޭކުންނަކީ ހުސް ސިޔާސީ މީހުން ކަމުދާ އެކަކުވެސް ނޫޅޭ
އ އަޙްމަދް
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ރީތީގެ މުބާރާތެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ ރަނގަޅުވާހަކަ އެއް. އެކަމަކު ކޮއްމެ ރިޔާސީ އިންތިޚާބަކީ ހުރިހާ ނުބައި ނުލަފާ ކަމެއް ޖަމަޢަވެފައިވާ "ޝައިޠާނީ" މޫސުމުކެވެ.
އ އަދުރޭ
ނުބެހޭ އެއްކަމެއްވެސްނެއް ނިކަން ކުރިމަތިލާބަލަ ބޭޒާރުވާވަރެއް ބަލާލަން ދާނީހަމަޗޮކުން
ޢ ޢަލީ
ޢެއީ ބެހެން ޖެހޭ ކަމެއްކަން ނޭނގޭ ވަރު ގަމާރެއްތޯ ތީ ؟