ވަކީލުކަމުގެ ބޭރުން ކުރާ ކުށްތައް ބާ ކައުންސިލަށް ބެލޭގޮތަށް އިސްލާހެއް!

ވަކީލުކަމުގެ ބޭރުން ކުރާ ކުށްތައް ބާ ކައުންސިލަށް ބެލޭގޮތަށް އިސްލާހެއް!

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2022 12:52
0

ޤާނޫނީ ވަކީލުކަމުގެ ހައިސިއްޔަތުން ކުރާ މަސައްކަތްތަކުގެ ބޭރުންވެސް ވަކީލަކު ކުރާ ކުށަކާއި ގުޅިގެން ބާ ކައުންސިލަށް މައްސަލަ ބެލޭ ގޮތަށް ޤާނޫނީ ފަންނު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އެވެ. ޤާނޫނީ ފަންނަނުގެ ޤާނޫނުގެ 54 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޤާނޫނީ ވަކީލަކު އޭނާގެ މަސައްކަތުގެ ބޭރުން ކުރާ އަމަލުތަކާއި ގުޅިގެން ސުލޫކީ ފިޔަވަޅު އެޅޭގެ ގޮތެއް ބާއުންސިލަށް ނޯވެއެވެ.

ޔޫނުސް ހުށަހެޅުއްވި މިއިސްލާހުގައި ވަކީލަކު މަސައްކަތުގެ ތެރެއިން ކުރާ އަމަލުތަކުގެ އިތުރުން ޤާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ޤާއިމް ކުރުމުގެ ހަމަތައް ނެގެހެއްޓުމަށްޓަކައި ގެންގުޅެންވާނެ އުސޫލުތަކާއި ޚިލާގަށް އަދި ޤާނޫނީ ފަންނެނު އިތުބާރު ގެއްލޭފަދަ ޢަމަލެއް ކުރިޔަސް އެމައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނެކަމަށް ބުނެފައިވެއެވެ. އަދި މިފަދަ މައްސަލަތައް ކޮންމެ މީހަކަށްވެސް ހުށަހެޅޭނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވަކީލުންނާއި ގުޅޭ މައްސަލަތައް ބާ ކައުންސިލަށް ވެސް އިންނަގައިގެން ބެލޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. ކުރިން އޮންނަ ގޮތުން ވަކީލުންނާއި ގުޅޭ މައްސަލަތައް ބާ ކައުންސިލަށް އިސްނަގައިގެން ނުބެލޭނެއެވެ.

ގާނޫނު ކުރިން އޮތް ގޮތުން ވަކީލަކު ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވުނަސް އަދި އެފަދަ މައްސަލައެއްގައި ދައުވާ ކުރިއަސް އަދި އެފަދަ މައްސަލައެއްގައި ކޯޓަކުން ހުކުމް ކުރިއަސް ބާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނޯވެއެވެ. ނަމަވެސް ޤާނޫނަށް މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހާއިއެކު މިކަންކަމަށް ހައްލު ގެނެވިގެންދާނެއެވެ.

ދާދި ފަހަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ދައުވާ ކުރެވިގެން ބާ ކައުންސިލަށް ހުށަހެޅުނު މައްސަލައެއް ވެސް ނުބެލެވޭނެ ކަމަށް އެ ކައުންސިލުން ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.