ސަފާރީއަކުން ޑައިވިންއަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ސަފާރީއަކުން ޑައިވިންއަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

Author
ހުސެއިން
12 ސެޕްޓެމްބަރ 2022 06:37
0

ސަފާރީއަކުން ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައިވަނީ އަންހެން ފަތުރުވެރި އެކެވެ. އަދި އޭނާ ޑައިވިނަށް ފައިބާފައިވަނީ އަރިއަތޮޅު ފެރިދޫ ކައިރީގައި އޮތް ސަފާރީއަކުން ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އޭނާގެ ހަށިގަޑު މިހާރު އޮތީ ފެރިދޫ ހެލްތު ސެންޓަރުގައި ކަމަށް ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވެއެވެ. ޚަބަރު އޮންލައިނަށް މައުލޫމާތު ދެމުން އެރަށުގެ މީހަކު ބުނެފައިވަނީ އޭނާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމުގައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.