އެމެރިކާގައި ކޯވިޑް19 ފެތުރިގެން ގޮސްފައިވާ މިންވަރު ދައްކުވައިދޭ ޗާޓުގެ މަންޒަރެއް

ކޯވިޑް19ގައި އެމެރިކާގައި މަރުވި މީހުންގެ އަދަދު 250،000 އަށް

ކޯވިޑް19ގައި އެމެރިކާގައި މަރުވި މީހުންގެ އަދަދު 250،000 އަށް

ކޯވިޑް19 އެންމެ ފުރަތަމަ ފަހަރަށް އެމެރިކާގއި ފެނުނުތާ 10 މަސް ފުރިގެން ދާއިރު، އެބަލީގައި މަރުވި މީހުންގެ އަދަދު 250،000 އަށް އަރައިފިއެވެ.

މިއީ އެމެރިކާރާގައި ކާރު އެކްސިޑެންޓުތަކުގައި އަހަރު މަރުވާ މީހުންގެ އަދަދުގެ 10 ގުނަ ބޮޑު އަދަދެވެ. އަދި މިއީ ސްޓްރޯކް ޖެހިގެންނާއި، އަމިއްލައަށް މަރުވާ މީހުންނާއި އަދި ކާރު އެކްސިޑެންޓްތަކުގައި އެގައުމުގައި އަހަރަކު މަރުވާ މީހުންގެ މުޅި ޖުމްލަ އަދަދަށްވުރެއް މަތީ އަދަދެކެވެ.

އެމެރިކާގައި ކޯވިޑް ބަލީގައި 250.000 މީހުން މަރުވެފައި ވާއިރު، މީގެތެރޭގައި މުސްކުޅި ބައްޕައަކާއި އަދި ބައްޕައާއެކީގައި ކަހަލަ ގޮތަކަށް މަރުވެގެން ދިޔަ އެބައްޕަގެ ބޮޑު ވެފައިވާ އަންހެން ދަރިފުޅަކުވެސް ހިމެނެއެވެ. އަދި ދެމެފިރިޔަކު އެމީހުންގެ ކުޑަފިރިހެން ދަރިފުޅުގެ 5 އުފަންދުވަހުގެ ކުރިން މަރުވެދިޔައީ އެދުވަސް ފާހަގަކުރުމުގެ އިންތިޒާރީގައި އެކަމުގެ ވާހަކަ ދައްކަދައްކާ ތިއްބައެވެ. މީގެ އިތުރަށްވެސް، އެމެރިކާގައި މިބަލީގައި މަރުވެގެން ގޮސްފައިވާ މީހުންގެ ތެރޭގައި ސިއްހަތު ރަގަޅުކޮށް އުޅެމުން ދިޔަ ކުޑަކުދިންވެސް ހިމެނެއެވެ.

ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި މާސްކު އެޅުމަށް ސަމާލު ކަމެއް ނުދީ، އަދި ގައިގޯޅިކޮށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުން ހުއްޓާލުމަށް ސަލާމާލުކަން ނުދޭނަމަ، އެމެރިކާގައި އަދިވެސް މިބަލީގައި މީހުން މަރުވާ ރޭޓް ދާނީ އިންތިހާއަށް މަތިވަމުންނެވެ. އަދި މި ނުރައްކާ މިހާރު ކުރިޔަށްދާ ފިނިމޫސުމުގައި އިތުރަށް ބޮޑުވެގެން ދާނެއެވެ.

ތިރީގައި މިގެނެސް ދެނީ އެމެރިކާގައި އެހެނިހެން ސަބަބުތަކާ ހެދި މަރުވާ މީހުންގެ ނިސްބަތް ކޯވިޑް19 ގައި މަރުވެފައިވާ މީހުންގެ ނިސްބަތާއި އަޅާކިޔާލީމަ ފެންނަ މަންޒަރުތަކުގެ ކުރު ޚުލާސާއެކެވެ. އެހެނިހެން ބަލިތަކުގެ އެެވްރެޖް ހިސާބުތައް ހަދާފައިވަނީ ފާތިވެދިޔަ 5 އަހަރެއްގެ ހިސާބުތަކުގެ އެވްރެޖްގެ މައްޗަށް ބިނާކޮށެވެ.

ކާރު އެކްސިޑެންޓްތަކާއި ކޯވިޑް19

އެމެރިކާގެ ނޭޝަނަލް ހައިވޭ ޓްރެފިކް ސޭފްތީ އެޑްމިނިސްޓްރޭޝަންގެ ހިސާބުތައް ދައްކާގޮތުން އެގައުމުގައި އަހަރު ކާރު އެކްސިޑެންޓްތަކުގައި އެވްރެޖްކޮށް މަރުވަނީ 24،166 މީހުންނެވެ. މިއަދުދަގައި ހިމެނެނީ ކާރު އެކްސިޑެންޓްތަކުގައި މަރުވާ ޑްރައިވަރުންނާއި ޕެސެންޖަރުން އެކަންޏެވެ. މީގެރޭގައި ކާރު އެކްސިޑެންޓްތަކުގެ ނަތީޖާއެއްގެ ގޮތުން މަރުވާ މަގުމަތީ ހިގާމީހުންނާއި ބައިސްކަލްތަކުގައި ދަތުރުކުރާ މީހުން ނުހިމެނެއެވެ.

މިސާބުން ދައްކާގޮތުގައި ކާރު އެކްސިޑެންޓްތަކުގައި އަހަރަކު އެވްރެޖްކޮށް މަރުވާ މީހުންގެ 10 ގުނަމީހުން މިހާތަނަށް މިއަހަރު އެނަކިވެސް ކޯވިޑް19ގައި ވަނީ މަރުވެފައެވެ.

އެހެނިހެން ރޯގާތަކާއި ކޯވިޑް19

2014 އިން 2018 އަށް އެމެރިކާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯކް އިން ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު، ރޯގާތަކުގައި އެމެރިކާގައި އެވްރެޖްކޮށް އަަހަރަކު 42،200 މީހުން މަރުވެއެވެ. 10 މަސްދުވަހުގެ ތެރޭގައި މީގެ 5 ގުނަ މީހުންވަނީ މިހާތަނަށް ވަނީ ކޯވިޑް19ގައި މަރުވެފައެވެ.

އަމިއްލައަށް މަރުވާ މީހުންނާއި ކޯވިޑް19

ކޯވިޑް19ގައި މިއަހަރު މިހާތަނަށް އައިރު އެމެރިކާގައި އަހަރު އަމިއްލައަށް މަރުވާ މީހުންގެ އަދަދަށްވުރެ 10 ގުނަ ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެގެން ގޮސްފައެވެ.

2014 އިން 2018 އަށް ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކުވެސް 42،439 މީހުން އެކި ސަބަބުތަކާހެދި އަމިއްލައަށް މަރުވެއެވެ.

ހިތުގެ މައްސަލަތަކާއި ކޯވިޑް19

އެމެރިކާގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވާ އެއްސަބަބަކީ ހިތުގެ ބަލިތަކެވެ. އެވްރެޖްކޮށް އަހަރަކު 670،595 މީހުން ހިތުގެ މައްސަލަތަކާއި ގުޅުން ހުރި ބަލިތަކުގެ މަރުވެއެވެ. ބެލެވޭ ގޮތުގައި ކޯވިޑް19ގައި މިހާރު މީހުން މަރުވަމުންދާ ނިސްބަތަށް ބަލާއިރު، މިބައްޔަށް އަހަރެއް ފާއިތުވެގެން ދާއިރު، ހިތުގެ ބަލިތަކުން އަހަރަކު މީހުން މަރުވާ ނިސްބތަށްވުރެ ކޯވިޑް ބަލީގައި މީހުން މަރުވާ ނިސްބަތް މައްޗަށް ދާނެއެވެ.

ކޯވިޑް10 އާއި ކެންސަރ

ކެންސަރަކީ އެމެރިކާގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވާ ބައްޔެވެ. އެވްރެޖްކޮށް ކޮންމެ އަހަރަކުވެސް މިބަލީގައި 612،725 މީހުން މަރުވާކަމަށް ހިސާބުތަކުން ދައްކައެވެ.

އެމެރިކާގައި އެވްރެޖްކޮށް 141،852 މީހުން އެމެރިކާގައި ސްޓްރޯކް ޖެހިގެން މަރުވެއެވެ. ފާއިތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ކޯވިޑް19 ގައި މީގެ 1.8 ގުނަ އިތުރު އަދަދަކަށް މީހުންވަނީ މަރު ވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *