އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ހައިސިއްޔަތުން، އެގައުމުގެ އާ ރަސްގެފާނު ކިންގ ޗާރލްސް III ގައުމާއި މުޚާތަބްކޮށް ވާހަކަ ދައްކަވައިފިއެވެ.
ދާދި ދެންމެއަކު ގައުމާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން އާ ރަސްގެފާނު ޗާރަލްސް III ވަނީ އެމަނިކްފާނުގެ މަންމާފުޅު ރާނީ އެލިޒަބަތުގެ ވަކިވެ ދިއުމުގެ މައްޗަށް ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ.
އަހަރެންގެ މަންމަގެ ހަނދާންތައް އާކޮށް، އެކަމަނާގެ ހަޔާތުގައި އަދާ ކޮށްދެއްވި ޚިދުމަތްތަކުގެ މައްޗަށް އިހުތިރާމް އަދާކުރަން.
އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ގޮތުން އަލަށް ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރަސްގެފާނު ޗާރަލްސް III ވިދާޅުވެފައި ވެއެވެ.
ޗާލްސް ވިދާޅުވި ގޮތުގައި، އެމަނިކްފާނުގެ މަންމާފުޅުގެ މުޅި ހަޔާތަކީވެސް އަގުހުރި ޚިދުމަތްތަކުން ފުރިފައިވާ ހަޔާތެއް ކަމަށާއި، އެމަނިކްފާނުވެސް މިއަދު ވައުދުވަނީ އެފަތަ ޚިދުމަތްތަކެއް ގައުމަށްޓަކާ އަދާ ކޮށްދިނުމަށް ކަމަށެވެ.
ކުއީން އެލިޒަބަތު ވަނީ ހެޔޮގޮތުގައި މުޅި ހަޔާތް ހޭދަ ކުރައްވާފަ. އެކަމަނާގެ ވަކިވެދިއުމުގެ މައްޗަށް މިއަދު ހިތާމަ ކުރަމުންދާއިރު،، އަހަރެން ވައުދުވަނީ އެ އަމާޒުތައް އެގޮތުގައި ދެމެހެއްޓުމަށް.
ގައުމާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރަސްގެފާނު ޗާރލްސް ވިދާޅުވެފައި ވެއެވެ.
ރަސްގެފާނު ޗާރލްސް IIIގެ ވާހަކަފުޅުގައި އެމަނިކްފާނުވަނީ، އިނގިރޭސިވިލާތުގެ މިހާރުގެ ވަލީ އަހުދު، އެމަނިކްފާނުގެ ދޮށީ ދަރިފުޅު، ޕްރިންސް ވިލއަމްގެ ލަގަބަކީ މިހާތަނަށް އެމަނިކްފާނު ދެމެހެއްޓެވި ލަގަބު "ޕްރިންސް އޮފް ވޭލްސް" ކަމުގައި ހަމަޖައްސަވާފައެވެ.
ޗާލްސް ވިދާޅުވު ގޮތުގައި އަލަށް ހަވާލުވި ޒިންމާތަކާއެކު އެމަނިކްފާނުގެ މުޅި ހަޔާތްވެސް ބަދަލުވެގެން ދާނެ ކަމަށާއި، މިއަދަށްފަހު ކުރިން ވަރަށް ގިނަ ކަންކަމަށް ދެއްވަމުން އައި ވަގުތުތައް ދެން އެ ގޮތުގައި ހޭދަކުރައްވަމުން ނުގެންދެވޭނެ ކަމުގައެވެ. އޭގެ ތެރޭގައި އެހީދޭ ބައެއް ޖަމާއަތްތަކަށް ދެއްވަމުން އައި ވަގުތުތައްވެސް ދެން އެގޮތުގައި ހޭދަ ނުކުރެއްވިދާނެކަމުގައި ރަސްގެފާނު ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް އަހަރެން އިތުބާރު ކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކު މި މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ދާނެ.
ރަސްގެފާނު ޗާރަލްސް III ވިދާޅުވެފައި ވެއެވެ. އަދި ވިދާޅުވެފައިވަނީ، އަނބިކަބަލުން ކުއީން ކޮންސާރޓް އެމަނިކްފާނަަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް އަބަދުވެސް ޝުކުރު އަދާކުރައްވާކަަމަށް ވިދާޅުވެފައެވެ.