ފުލުހުންނަށް ހަމަލާދިނީ ގޭގަކުން، ހަރުކަށި ފިޔަވަޅު އަޅާނަން: ސީޕީ

ފުލުހުންނަށް ހަމަލާދިނީ ގޭގަކުން، ހަރުކަށި ފިޔަވަޅު އަޅާނަން: ސީޕީ

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2022 04:21
0

ފުލުހުންނަށްދޭ ހަމަލާއަކުން މަސްތުވާތަކެއްޗާ، ގޭންގު ތަކާއި ދެކޮޅަށް ފުލުނުން ހިންގާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ މިއަދު މެންދުރެއްހާއިރު މަޖީދީ މަހުގައި ހުންނަ ޔޫރޯ ސްޓޯރު ކުރިމަތިން ތިން ފުލުހަކަށް ހަމަލާދީ ޒަޚަމް ކޮށްލުމާއި ގުޅިގެން މިކަމުގައި ފުލުހުން އަމަލުކުރަމުންދާ ގޮތް ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. މިމައްސަލާގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ދެމީހަކު ގެންގޮސްފައެވެ.

ހަމަލާގާއި އަނިޔާ ލިބުނު ފުލުހުންނަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. ސީޕީ ވިދާޅުވީ ތިން ފުލުހުންނަށް ހަމަލާ ދީފައިވަނީ މާލޭގައި ހަރަކާތްތެރިވާ މަޝްހޫރު ގޭގަކަށް ނިސްބަވާ ބަޔަކު ކަމަށެވެ. މިހަމަލާ ދީފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ތިން ފުލުހަކު ރަސްމީ ޑިއުޓީ އަދާކުރަމުން ދަނިކޮށްކަމަށެވެ.

ފުލުހުންނަށް ހަމަލާ ދިން މީހުން ހަމަލާ ދީފައިވަނީ ހަތިޔާރު ބޭނުން ކޮށްގެންކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންބާވަތެއްގެ ހަތިޔާރެއްކަން އަދި އެކަމުގެ ތަފްސީލެއް ސީޕީ ދެއްވާފައި ނުވެއެވެ. މިހަލާގައި މިހާތަނަށް ދެމީހަކު ހައްޔަރު ކޮށްފައިވާއިރު، ހަމަލާއާއި ގުޅިގެން ހައްޔަރު ކުރަންޖެހޭ އެހެން ބަޔަކު ވާނަމަ އެބަޔަކުވެސް ހައްޔަރުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ސީޕީ ވިދާޅުވިއެވެ.

މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ގޭގްގު ތަކާއި ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކަށް މަޑުޖެހުމެއް ނާންނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.