އަނެއްކާވެސް ގިނަ ކަނޑު އުޅަދުތަކެއްގައި ސްޓިކާ ޖަހައިފި

އަނެއްކާވެސް ގިނަ ކަނޑު އުޅަދުތަކެއްގައި ސްޓިކާ ޖަހައިފި

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2020 09:50
0

މާލޭގެ އެކި ފަޅުތަކުގައި ޤަވާއިދާ ހިލާފަށް އަޅާފައިވާ ގިނަ އުޅަދުތަކެއްގައި މާލެ ސިޓީ ކައުންސިލުން ސްޓިކާ ޖަހައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މާލޭ އެކި ފަޅުތަކުގައި ހުއްދަ ނެތި އަޅާފައިވާ އުޅަދުތަކުގައި ސްޓިކާ ޖަހާފައިވާކަމަށެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި އުޅަދުތައް އަޅުމަށްޓަކައި ޚާއްސަ ސަރަހައްދު ތަކެއް ވަކި އުސޫލެއްގެ ތެރެއިން ކަނޑައަޅާފައެވެ. ޤަވާއިދާއި ޚިލާފަށް މިގޮތަށް މާލޭގެ ފަޅުތަކުގައި އަޅާފައިވާ އުޅަދުފަހަރުތަކުގައި ދޭތެރެ ދޭތެރެއިން ސިޓީ ކައުންސިލުން ދަނީ ސްޓިކާ ޖަހަމުންނެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި އޮޑިދޯނިފަހަރަށް މުދާއަރުވާ ބާލަން، ވަކި ސަރަހައްދުތަކެއްވެސް ކަނޑަ އަޅާފައެވެ. އެހެންކަމުން މުދާއަރުވައި ބޭލުން މަނާ ސަރަޙައްދުތަކުގައި އެކަންކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެއެވެ. އެގޮތުން މާލޭ މަލަމަތި ކަމުގައިވާ އެއްނަމްބަރު ފާލަން ކައިރީގައި މުދާ އަރުވައިބާލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅަމުންދާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އޮޑިދޯނިފަހަރަށް މުދާ އަރުވައި ބޭލުމަށް ޚާއްސަ ސަރަޙައްދުތައް

  • އަތޮޅުތަކުން މާލެ އަންނަ އުޅަނދު ފަހަރު (މާލޭ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު)
  • އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު (މާލޭ 01 ނަންބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި)
  • މަސްވެރިކަންކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރު (ހުޅުމާލޭ ބަނދަރު) ލަފާފުރުމުގައި ބޭނުންކުރުން
  • ރިސޯޓުތަކުން މާލެ އަންނަ އަދި ފުރާ ސްޕީޑް ލޯންޗު ފަހަރު (މާލޭ 05 ނަންބަރު އަދި 06 ނަންބަރު ޖެޓީ (ބޭންކް އޮފް މޯލްޑިވްސް ކުރިމަތި)

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގައި މުދާއަރުވައި ބާލަން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާއިރު، އެތަން ތަނުގައިވެސް ގަވައިދުން ބޭރުން އުޅަދުތައް އަޅަމުންދާނަމަ ފިޔަވަޅު އަޅާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.