އައިފޯން 14 ބާޒާރަށް ނެރެން ތައްޔާރު ވެއްޖެ

އައިފޯން 14 ބާޒާރަށް ނެރެން ތައްޔާރު ވެއްޖެ

އައިފޯން އުފައްދާ މަޝްހޫރު އެޕްލް ކުންފުނިން އައިފޯން14 ބާޒާރަށް ނެރެން ތައްޔާރު ވެއްޖެކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ފާއިތުވެދިޔަ 10 އަހަރުތެރޭވެސް، ކޮންމެ އަހަރަކުވެސް އައިފޯންގެ އާ މޮޑެލް އެއަހަރެއްގެ ސެޕްޓެމްބަރުހު ތައާރަފް ކުރަމުން އަންނަ، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ އެޕްލް ކުންފުނިން އެ ކުންފުނީގެ އައިފޯން ލައިންއަޕްގެ އެންމެ ފަހުގެ މޮޑެލް ތައާރަފް ކުރާނެ ކަމަށްވަނީ މިހަފްތާގެ ބުދަ ދުވަހުއެވެ.

އެޕަލް ކުންފުނިން މިއަދު ތައާރަފްކުރާ އައިފޯން14 އަކީވެސް އެންމެ ފަހުގެ އައިފޯނާ އެއްވައްތަރުގެ އެހެންނަމަވެސް ސްކްރީންގެ ސައިޒު ބޮޑު މޮޑެލްއެއްކަމަށްވެސް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ. ބުނެވޭ ގޮތުގައި އެޕްލްއިން މިއަދު ދައްކާލާނީ، 6.7 އިންޗީގެ ސްކްރީން ސައިޒްގެ، އާ މޮޑެލްގެ އައި ފޯނެކެވެ. އެހެންނަމަވެސް މިއީ އެކުންފުނިން އާންމުކޮށް ނެރޭ، ސްކްރީން ސައިޒު ބޮޑު، ޕްރޯ މޮޑެލް ނޫންކަމަށް ވެއެވެ.

އޭގެ މާނައަކީ، މި ފޯނު ވެގެންދާނީ، ސްކްރީން ސައިޒް ބޮޑު، އެހެންނަމަވެސް އަގު ހެޔޮ ގިންތިއަށް ފެތޭ ފޯނަކަށެވެ. މިހާތަނަށް އެޕްއިން ނެރެފައިވާ މޮޑެލްތަކުގައި، ސްކްރީންގެ ސައިޒުން ބޮޑުކޮށް އުފައްދާފައިވަނީ ޕްރޯ މޮޑެލްއެވެ. އަދި މިއީ އެންމެ އަގުބޮޑު ގިންތިއަށް ފެތޭ މޮޑެލްވެސްމެއެވެ.

މީގެ އިތުރުން، އަލަށް މި ނެރޭ މޮޑެލްގައި، ފޯނުގެ ކުރިމަތީ ކެމެރާގެ ވަށައިގެން އެގޭގޮތަށް އިންނަ ޑިޒައިންވެސް މުޅި ފޯނުގެ ސްކްރީންއާއި އެކުވާގޮތަށް، ވަކިން އެގެން ނީނަގޮތަށްވެސް ބަދަލުކޮށްފައި ވާކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. ކުރިމަތީ ކެމެރޭގެ ވަށައިގެން ވަކިން އެނގޭގޮތަށް އިންނަ ޑިޒައިންއަކީ އައިފޯނު ބޭނުންކުރާ ފަރާތްތަކުގެ ވަރަށްބޮޑު ޝަކުވާއެކެވެ.

މިފަހަރު އެޕްލް ކުންފުނިން ނެރޭ އައިފޯނުގެ ކެމެރާގެ ފެންވަރުވެސް އިރުތަށް މަތިކޮށްފައި ހުންނާނެކަމަށްވެސް ވަނީ ބެލެވިފައެވެ. އަދި ގިނަ ބަޔަކު އުއްމީދުކުރަނީ، މިފަހަރު ނެރޭ މޮޑެލް ވެގެންދާނީ، މުޅިން އަލަށް 8K ފެންވަރުގެ ވީޑިއޯ ބަލާލެވޭނެ ފޯނަކަށް ކަމަށެވެ.

މިއަދު އޮންނާނޭ ކަމަށް ބެލެވިފައިވާ މި އިވެންޓުގައި އައި ފޯނުގެ އިތުރުން އެޕްލް ވޮޗް (އަތުކުރީ ގަޑި)ގެ އާ މޮޑެލްތައްވެސް އާންމު ކުރާނޭކަމަށް ވަނީ ބެލެވިފައެވެ. މީގެ ތެރޭގައި އިތުރަށް ތަރައްގީ ކޮށްފައިވާ، ކުޅިވަރާއި ފިޓްނެސްއަށް ޚާއްސަ ގަޑިތައް ހިމެނޭނެކަމަށްވެސް ގިނަބަޔަލު އުއްމީދު ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *