މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށި ފުރަތަމަ ދުވަހުއެކަނިވެސް 2000 އަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކޮށްފިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީސީސީން ބުނީ މިނީ ހުގެ ފުރަތަމަ ދުވަހުގެ ތަފާސް ހިސަބުތައް ދައްކާގޮތުން 2257 މީހަކު ވަނީ ޚިދުމަތް ހޯދާފައިވާކަމަށެވެ. ތިން ރޫޓަކުން ބަހުގެ ޚިދުމަތް ފަށާފައިވާއިރު 621 މީހަކު ވަނީ އޯކިޑް ރޫޓުން ޚިދުމަތް ހޯދާފައެވެ. ސޯސަން ރޫޓުން 754 މީހަކު ޚިދުމަތް ހޯދާފައިވާއިރު އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ އަމީނީ ރޫޓުންނެވެ. އެގޮތުން އަމީނީ ރޫޓުން 882 މީހަކު ޚިދުމަތް ހޯދާފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.
Male’ bus dhathuru thah feshumun varah bodu tharuheebeh libigen dhaakan ufalaa eku faahaga kuran. Furathama dhuvahu 2257 beyfulhun hidhumaiy beynunkurehvi. Raiyyithunah dhehvaa ehbaaru lumah Shukuriyya. Edhenee vehicle park kuran hamajehifa hunna thanthaa park kurehvumah.@MTCCPlc
— Adam Azim (@adamazim) September 6, 2022
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މާލޭ ބަސް ދަތުރުތައް ފެށުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދާކަމަށެވެ. އާޒިމް ވަނީ ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްޓީސީސީއިން ހޯމަދުވަހު ބަހުގެ ޚިދުމަތް މާލެ ތެރޭގައި ފަށާފައިވާއިރު މިއީ ގިނަ ބަޔަކުން ކުރަމުން އައި އިންތިޒާރެކެވެ. މާލޭގައި އެކަށީގެންވާ ދަތުރުފަތުގެ ނިޒާމެއް މީގެކުރިން ޤާއިމުކުރުމަށް މަސައްކަތްކޮށްފައިވީނަމަވެސް އެކަން އޭރު ކާމިޔާބު ނުވެއެވެ. އެއާއެކު މާލެއަށް ބޭނުންވާ ގޮތަށް ބަސްތައް ފަރުމާކޮށް މީހުން އެންމެ ބޮޑަށް ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ރޫޓުތައް ދެނެގަނެ އެމަގުތައް ބަސްދުއްވޭނެ ފަދަގޮތަކަށް ބަދަލުގެނެސް ބަހުގެ ޚިދުމަތްވަނީ ފަށާފައެވެ.