ތިނަދޫގައި ރަހީނުކުރި މީހަކު ސަލާމަތްކޮށް 4 ދިވެހިން ހައްޔަރުކޮށްފި

ތިނަދޫގައި ރަހީނުކުރި މީހަކު ސަލާމަތްކޮށް 4 ދިވެހިން ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2020 07:52
0

ގދ ތިނަދޫގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ތިނަދޫގައި މީހަކު ރަހީނުކުރިކަމުގެ ރިޕޯޓް މިއަދު ހަވީރު 17:00 ގައި ލިބުކަމަށެވެ. އަދި މި ރިޕޯޓާއި އެކު ފުލުހުން ހިންގި އޮޕރޭޝަނެއްގައި އެމީހާ ސަލާމަތްކޮށް ތުހުމަތުކުރެވޭ 4 ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށެވެ.މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރާއި 27 އަހަރާއި 45 އަހަރާއި 52 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިމަހުގެ ތިންވަނަ ދުވަހު މާލޭގައި ގެއްލިގެން ހޯދި އަންހެނަކު ރަހީނުކުރި މައްސަލައެއް ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ. ކޯޓު އަމުރެއްގެ ދަށުން އެ މައްސަލާގެ ތަހުޤީގަށް ހައްޔަރުކޮށްފައިވަނީ އުމުރުން 31 ދިވެހި ފިރިހެނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.