އަމާޒަކީ ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ސްޕީޑުގައި ކުރިއަށް ދިއުން: އާޠިފް

އަމާޒަކީ ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ސްޕީޑުގައި ކުރިއަށް ދިއުން: އާޠިފް

Author
މުޙައްމަދު ޖިމީ
05 ސެޕްޓެމްބަރ 2022 02:08
0

އަމާޒަކީ ކުންފުނީގެ މަސައްކަތްތައް ހަލުވިކޮށް ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ބާރުމިނުގައި ކުރިއަށް ގެންދިއުންކަމަށް އެޗްޑީސީގެ އައު މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް ވިދާލުވެއްޖެއެވެ.

އެޗްޑީސީގެ އައު އެމްޑީކަށް އާތިފް އައްޔަންކުރެއްވުމާއި ގުޅިގެން، މުވައްޒަފުންގެ ފަރާތުން އާތިފްއަށް މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ހަފްލާގައި މުވައްޒަފުން ވަނީ އައު އެމްޑީއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ހަފްލާގައި އާތިފް ވިދާޅުވީ، އަމާޒަކީ މިހާރު ހެދިފައިވާ ޕްލޭންތަކާއި ގެނެވިފައިވާ ބަދަލުތަކާއެކީ މަސައްކަތް ކުރަމުން މިއައި ޓީމާ އެކު މަސައްކަތްތައް އިތުރަށް ހަލުވިކޮށް އަވަސްކޮށް ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ސްޕީޑުގައި އެކަން ކުރިޔަށް ގެނދިއުންކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަޙްމަދު އާތިފް އައްޔަންކޮށްފައިވަނީ އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން ފުރުއްވަމުން އައި ސުހައިލް އަޙްމަދު، 25 އޮގަސްޓު 2022 އިން ފެށިގެން ރިޓަރޔަރ ވުމުންނެވެ.

އަޙްމަދު އާތިފްއެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރޗްމަހުގެ 6 ވަނަ ދުވަހުގައެވެ. އާތިފް އަކީ މެލޭޝިޔާގެ ހާރޓްފޯޑްޝިއަރ ޔުނިވަރސިޓީން އެކައުންޓިންއިން ބެޗްލަރ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އާތިފްއަކީ މި ދާއިރާގައި 10 އަހަރުދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއްވެސް މެއެވެ.

އާތިފް މީގެ ކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި މަސައްކަތް ކުރައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓަރގައި ޓެކްސް އޭޖެންޓްއެއްގެ ގޮތުގައިވެސް އާތިފް ވަނީ މަސައްކަތް ކުރައްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.