ރޮޒައިނާ ޑރ.ޖަމީލަށް: ފޮނިބޮޑު މީހުންނަކަށް ނޭނގޭނެ މުހިންމު ކަންކަމަކީ ކޮބައިކަމެއް!

ރޮޒައިނާ ޑރ.ޖަމީލަށް: ފޮނިބޮޑު މީހުންނަކަށް ނޭނގޭނެ މުހިންމު ކަންކަމަކީ ކޮބައިކަމެއް!

Author
މުޙައްމަދު ޖިމީ
05 ސެޕްޓެމްބަރ 2022 10:57
0

ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފަދަ ފޮނިބޮޑު މީހުންނަށް އަސްލު މުހިންމު ކަންކަން އެނގިވަޑައި ނުގަންނަވާނެކަމަށް ވިދާލުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ. ރޮޒައިނާ މިފަދައިން ފާޑުވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ޓިނުން ހަދާފައިވާކަމަށް ބުނެ ޑރ.ޖަމީލް އަމާޒުކުރެއްވި ފާޑުކިޔުމާއި ގުޅިގެންނެވެ. ޑރ.ޖަމީލް ވަނީ އިއްޔެ ހުޅުވި ޓިނު ސްކޫލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުމުގެ ފެންވަރު ފެންނަކަަމަށެވެ.

ޖަމީލަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިޙްގެ ވިސްނުންފުޅަކީ ރީތި ސްކޫލެއް އަޅައި ނިމެންދެން ކުދިންނާއި މައިންބަފައިން ހާލުގައި ގެންގުޅުން ނޫންކަމަށެވެ. އައު ދާއިމީ ސްކޫލެއް ހެދެންދެންވެސް ކުދިންނަށް ލުއި ގޮތްތަކެއް ހޯދައި ދިނުމުގެ ވިސްނުން ރައީސް ގެންގުޅުއްވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ،

 

 

ޖަލީލް މެންކަހަލަ ފޮނިބޮޑު މީހުންންނަށް މުހިންމީ ކޮންކަމެއްކަން ނޭނގޭނެކަމަށާއި، ސްކޫލެއް މޮޅުވާމީ އެތާގެ ކިޔަވައިދިނުން ރަނގަޅުވުމުންކަމަށެވެ. ފާރު ރަނުން ޖެއްސަން މޮޅު ނުވާނެކަމަށް ވިދާޅުވެ ރޮޒައިނާ ރައްދު ދެއްވިއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، 23 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ޓިނުން ހަދައިފައި ހުރިކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ޚާއްޞަކޮށް ހިޔާ ފްލެޓްތަކަކީ ކޮތަރު ކޮށިތަކެއްކަމަށް ސިފަކުރި ބަޔަކު، ސްކޫލެއްކަމަށް ބުނެ އެތަނުގައި ޓިނު ގުދަނެއް ހެދީކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ތިބަސްއެއްމެ އެކަށީގެންވަނީވެސް ހަމަތިބާޔަށް ހަސަދަ ބޮޑުވެގެންގޮސް ކުރީގާތިމާގެއަގައިން ކިޔާފަހުންނައެއްޗެހި ތިމާހަދާނެއްނުހުރެ ތީވަރަށްނުރައްކާދަށުދަރަޖާގެކަމެއް
އ އަލީ
ރޮޒޭ ލަދު ކުޑަވިޔަސް ތީބޮޑުވަރު ކޮތަރުކޮއްޓޭ ކިޔާ .. ރައްޔިތުން މަރާދެލާ އެތަނަށް ވަދެވުނީމަ މިހާރު އެތަންވީ ތިމީހުންހެދިތަނެއް. 23 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްގެން ޓިނުންގުދަނެއްހެދުމަކީ އައްޗި ކަމެއްތޯ އެތަނެއްގެ ހަދަންޖެހޭނީ ޒޮރޭ މެން ބުނާކަހަލަ ކޮތަރު ކޮއްޓެއްނު ސުކޫލަކަސް ހިންގުމުގެ ފެންވަރުނެތީމަ އަނގަ ނުތަޅާނީ.....
އ އައިސް
ކޮތަރު ކޮއްޓާ ހޮހޮޅައިގެ ހަނދާން ތައް ހުރީތީ