ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، މިއަދަކީ މިއަހަރު އެންމެ ގިނައިން ރާއްޖެއަށް ވާރޭ ވެހުނު އެއްދުވަސް ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށަށް ވަނީ އެހީތެރިކަންވެސް ފޯރުކޮށް ދީފައެވެ. މިއަހަރަކީ ރާއްޖޭގެ ފާއިތުވެދިޔަ އަހަރުތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވާރޭ ވެހުނު އެއްއަހަރެވެ. މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދަކީ މިއަހަރުގެ ތެެރޭގައި އެންމެ ގިނައިން ރާއްޖެއަށް ވާރޭ ވެހުނު އެއްދުވަހެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް މިއަދު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ.ކާޑެއްދޫއަށެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކާޑެއްދޫއަށް 124.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ކާޑެއްދޫގެ ފިނިހޫނުމިން މިއަދު މެންދުރުފަހު ހުރީ 23.9 ޑިގްރީއާއި 24.24 ޑިގްރީ ސެލްޝިއަސްގައެވެ.
Highest rainfall past 24hrs and this year's highest rainfall. pic.twitter.com/dwAOxj10o2
— Maldives Meteorology (@MetMaldives) September 4, 2022
މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ވާރޭ ވެހުނު ދުވަހަކީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ރ.އަލިފުށްޓަށެވެ. އެދުވަހު އަލިފުށްޓަށް ވަނީ 157 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓުވެސް ނެރެފައެވެ. އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ކަމަށް މިރޭ 9 ޖަހުމާއި ހަމަށެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަނޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.