ޤަވާއިދާ ޚިލާފަށް މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ދިޔަ ނާލުބޯޓެއް، މެރިން ފުލުހުން ނުކުމެ ހުއްޓުވައިފިއެވެ. އަދި އެ ބޯޓު ވަނީ އަނބުރާ މާލޭ ފަޅަށް ވައްދާފައެވެ.
ޤަވާއިދާ ޚިލާފަށް މުދާ ބަރުކޮށްގެން މާލެއިން ފުރިފަހުން ހުއްޓުވައި އަނބުރާ މާލޭ ފަޅަށް ވެއްދީ މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރަމުންދިޔަ "ސައުތުލައިން" ނަމަކަށް ކިޔާ ބޯޓެއް ކަމަށް މެރިން ފުލުހުން ބުންޏެވެ. އެއީ މާލެއިން ފުރައިގެން ދެކުނުގެ ރަށަކަށް ދަތުރުކުރި ބޯޓެކެވެ.
ބޯޓު މާލޭ ފަޅަށް ވެއްދުމަށްފަހު ޤަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ ބޯޓު އިތުރަށް ދަތުރުނުކުރަން އަންގާފައިވާނެކަމަށް މެރިން ޕޮލިހުން ބުންޏެވެ. މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސާމާލުކަން ދީގެން ދަތުރުކުރުމަށްކަމާ ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އާއްމު ގޮތެއްގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ބާރުވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ