ހިޔާ ފްލެޓްގެ 13 ވަނަ ބުރިން ވެއްޓެން އުޅުނު މީހަކު ސަލާމަތްކޮށްފި

ހިޔާ ފްލެޓްގެ 13 ވަނަ ބުރިން ވެއްޓެން އުޅުނު މީހަކު ސަލާމަތްކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2022 06:03
0

ހިޔާ ފްލެޓުން ވެއްޓެން އުޅެނިކޮށް، މީހަކު ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ހިޔާ ފްލެޓެއްގެ 13ވަނަ ބުރިން، ވެއްޓެން އުޅެނިކޮށް ސަލާމަތްކޮށްފައިވަނީ 18 އަހަރުގެ އަންހެނެއްކަމަށެވެ.

އެމީހާ ސަލާމަތްކުރަން އުޅެނިކޮށް، ނަގާފައިވާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދަނީ އާއްމުވަމުންނެވެ. ވީޑިއޯއިން ފެންނަގޮތުގައި ގޭގެ ބެލްކަނިން ބޭރަށް އެމީހާ އެލިފައި އޮތްއިރު، ގޭގެ މީހަކު އޭނާގެ އަތުގައި ހިފަހައްޓައިގެން ހުންނަ މައްޒަރު ފެނެއެވެ.

އަދި އޭނާ ސަލާމަތްކޮށްފައިވަނީ އެ ފްލެޓާ ދިމާލުން ތިރިން، 12 ވަނަ ފަންގިފިލާގެ ބެލްކަނިން ނިކުތް ދެ ފިރިހެނުންނެވެ. ފެންނަ ފެނުމަށް އެމީހާ ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިއީ މިފަދަ ހާދިސާއެއް ފްލެޓްގައި ހިނގި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް އެ އިދާރާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.