ފޮފާނާ ޗެލްސީއަށް ބަދަލުވެއްޖެ

ފޮފާނާ ޗެލްސީއަށް ބަދަލުވެއްޖެ

ލެސްޓާސިޓީއަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ޑިފެންޑަރު ވެސްލޭ ފޮފާނާ ޗެލްސީއަށް ސޮއިކޮށްފިއެވެ.

ޗެލްސީން މިހާރު ވަނީ 21 އަހަރުގެ ފޮފާނާ އެ ކުލަބަށް ބަދަލުވިކަން ރަސްމީކޮށް ހާމަކޮށްފައެވެ. އެގޮތުން ޗެލްސީގެ ރަސްމީ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން މިހާރު ވަނީ އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ސަޕޯޓަރުންނަށް ފޮފާނާ ދައްކާލާފައެވެ.

ފޮފާނާ ޗެލްސީއަށް ގެންދިޔަ އަގު އެ ކުލަބުން ރަސްމީކޮށް ނުބުނި ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފޮފާނާގެ ޓްރާންސްފާ ފީގެ އަގު އުޅެނީ 70 މިލިއަން ޕައުންޑަށްވުރެ މަތީގައެވެ. ޗެލްސީން ފޮފާނާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކްލަބާއެކު އޭނާ ހަތް އަހަރުވަންދެން ހުންނާނެއެވެ. ޗެލްސީއަށް ބަދަލުވުމަށްފަހު މީޑިއާއަށް ފުރަތަމަ ދިން އިންޓަވިއުގައި ފޮފާނާ ބުނީ، މިދިޔަ ދެ ދުވަހަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި ބޮޑު ދެ ދުވަސްކަމަށާއި، ނިންމުނު އެ ނިންމުމާމެދު ވަރަށް އުފާވާކަމަށެވެ.

ފޮފާނާ ވަނީ ލެސްޓާސިޓީގައި ދެ ސީޒަން ހޭދަކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ ލެސްޓާސިޓީއަށް 37 މެޗް ކުޅެދީފައެވެ. ފޮފާނާ އަކީ މިހާރު ޔޫރަޕް ލީގްގައި ކުޅޭ ޑިފެންޑަރުންގެ ތެރެއިން އެންމެ މޮޅު އެއް ޑިފެންޑަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *