އެއް މިލިއަން ރުފިޔާގެ އަގުހުރި އާކިޓެކްޗަރަލް ޑިޒައިން މުބާރާތެއް އެޗްޑީސީން ހުޅުވާލާއިފިއެވެ
އެޗްޑީސީން މި މުބާރާތް ހުޅުވާލާފައިވަނީ ބޭރުގެ ފަރާތްތަކަށްވެސް މުބާރާތުގައި ބައިވެރި ވެވޭ ގޮތަށެވެ. އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި މިމުބާރާތުގެ މަޤްސަދަކީ ހުނަރުވެރި އަދި ގާބިލް އާކިޓެކްޓުން ވާދަކޮށްގެން، ދެމެހެއްޓެނިވި އަދި އުފެއްދުންތެރި ޑިޒައިންތަކެއް ހުށަހެޅުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށެވެ.
ސަގާފީ އަދި ޒަމާނީ ޑިޒައިން ހިމެނޭގޮތަށް “ޓޫރިޒަމް އައިލެންޑްގެ ކޮމާޝަލް ސްޕައިން”ގެ ކޮންސެޕްޓެއް މި މުބާރާތުގެ ބައިވެރިން އެކުލަވާލަން ޖެހެއެވެ. މި ކޮމާޝަލް ސްޕައިން ވާންޖެހެނީ އާންމުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭ އަދި ހުސްވަގުތުގައި ކުޅެވޭފަދަ ގިނަ ކުޅިވަރު ހަރަކާތްތަކެއް އެ ސަރަހައްދުގައި އެކުލެވިގެންވާ ކުރެހުމަކަށެވެ.
We are excited to announce a new architectural competition!
Link: https://t.co/9PTG7dHwuw#designcompetition #architecturaldesign #architecture #hdcdesigncompetition #TourismIslandCommercialSpine #HDCProjects #MyHulhumalé pic.twitter.com/A8jFNSz9FH
— HDC (@hdcmaldives) August 30, 2022
1މިލިއަން ރުފިޔާގެ އަގުހުރި މި މުބާރާތުގެ އިނާމްތައް ހުށަހެޅިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
- 1ވަނައަށްދާ ފަރާތަކަށް 200،000ރުފިޔާ،
- 2ވަނައަށްދާ ފަރާތަކަށް 30،000ރުފިޔާ
- 3ވަނައަށްދާ ފަރާތަކަށް 20،000ރުފިޔާ
މި ޖުބާރާތުން އެއްވަނައަށް އަންނަ ފަރާތަކުން ހުށަހަޅާ ކުރެހުމުގެ ތަފްސީލީ ކުރެހުން ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން އެފަރާތަކަށް ދޭނެއެވެ. މިގޮތުން ހުށަހަޅާ ތަފްސީލީ ކުރެހުން އެޗްޑީސީއަށް ލިބުމުގެ އެފަރާތަކަށް އިނާމެއްގެ ގޮތުގައި 750،000 ރުފިޔާ ދެވޭނެއެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާރަކަށް ވެސް ހުށަހެޅޭނީ 1 ކުރެހުމެވެ. މުބާރާތުގައި ބައިވެވުމުގެ އެންމެ ފަހުގެ ތާރީޚަކީ ސެޕްޓެމްބަރު 12 ވާ ހޯމަދުވަހެވެ. މި ތާރީޚަށްފަހު، މުބާރާތުގެ ބައިވެރިންނަށް ޚާއްސަކޮށްގެން އެޗްޑީސީން ޚާއްސަ އިންފޮމޭޝަން ސެޝަންއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ