ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައިވަނީ މިނިސްޓަރ ޝާހިދު ބައިވެރިވަޑައިގެންނެވި ބައްދަލުވުމެއްގައި، ރައީސް ޔާމީން ޖަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބޭރު ޤައުމެއްގެ ބޭފުޅަކު އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރާ ގުޅިގެނެވެ.
ފޮރިން މިިނިސްޓްރީން ބުނެފައިވަނީ ފޮރިން މިނިސްޓަރު ޝާހިދު މިވަގުތު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ދަރުފުޅެއްކަމަށެވެ.
އަދި މިދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ޝާހިދު ބައިވެރިވަޑައިގެންނެވި ބައްދަލުވުމެއްގައި، ރައީސް ޔާމީން ޖަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބޭރު ޤައުމެއްގެ ބޭފުޅަކު އެދިފައިވާކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ ދޮގު މަޢުލޫމާތެއް. ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ޒިންމާދާރުކަމެއް ނެތި، ނޫސްވެރިކަމުގެ ހަމަތަކުގެ ބޭރުން ލިޔެފައިވާ ދޮގު ހަބަރެއް.
– ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު ފެތުރުއްވުމުގައި ވީހާވެސް ޒިންމާދާރުކަން އިސްކޮށް، ރައްޔިތުންނަށް ހަގީގަތް އޮޅިވަޑައި ނުގަންނަވާނެހެން ތެދު މަޢުލޫމާތު ގެނެސްދެއްވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ