މުވައްޒަފަކަށް ހުރަސް އެޅި މައްސަލާގައި މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައިފި

މުވައްޒަފަކަށް ހުރަސް އެޅި މައްސަލާގައި މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2020 12:15
0

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ތަހުގީގަށް މީހަކު ހާޒިރުވުމަށް ފުލުހުން އަންގައިފިއެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް/ ޝަބުނަމީގެ، މުޙައްމަދު ޝަހީދު (35އ)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A303293

ހާޒިރުކުރެވޭ ހައިސިއްޔަތު : ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސް އެޅުން ނުވަތަ ދަތިކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2020 ނޮވެމްބަރު 24 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.