ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކައުންސިލްތަކަށް އެހީތެރިވެދިނުމުގެ ގޮތުން، މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާއި މިކުންފުނިން ހަވާލުވެއްޖެއެވެ.
އަދި މި މަސައްކަތާއި ސްޓެލްކޯއިން ހަވާލުވުމުގެ ގޮތުން މިއަދު އެ ކުންފުނިންވަނީ މި ތިން ރަށުގެ ރަށު ކައުންސިލާއެކީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ. މި ފަހުނާމާގައި ސްޓެލްކޯއާއެކީ ސޮއި ކޮށްފައިވާ ކައުންސިލް ތަކަކީ، އއ. އަތޮޅުގެ އުކުޅަހާއި، ތޮއްޑޫ އަދި ރަސްދޫގެ އެވެ.
މި ފަހުމުނާމާގައި ސޮއިކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، 3 ރަށުގެ ކައުންސިލްތަކުގެ ރައީސުންވަނީ، އެރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ސްޓެލްކޯއިން ވެދެއްވާ އެހީތެރިކަމަށް އެ ކުންފުންޏަށް ޝުކުރު އަދާ ކޮށްފައެވެ.
އަދި މި ރަށްރަށުގެ ތަރައްގީއަށް ކުރާންޖެހޭ މުހިންމު ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، އެ ކައުންސިލްތަކުގެ ރައީސުންވަނީ ކުރިޔަށް އޮތް ތަނުގައިވެސް ސްޓެލްކޯގެ އެހީތެރިކަން އެކައުންސިލްތަކަށް ލިބެމުން ދާނެކަމުގެ ޔަގީންކަން އޮތް ކަމުގައި ވިދާޅުވެފައެވެ.
މި ރަސްމިއްޔާރުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ސްޓެލްކޮއިން ދެމި އޮންނާނީ ސަރުކާރުގެ ވައުދުތައް ފުއްދާ ދިނުމުގައި ކަމުގައެވެ. އަދި ޝަރީފް ވިދާޅުވެފައިވަނީ، ޚިދުމަތް ފޯރުކޮށް ދިނުމުގައި، ޚިދުމަތް ލިބިގަންނަ މީހާއަކީ ކޮން ޕާޓީއެއްގެ މީހެއްތޯ ނުބަލާނެ ކަމުގައެވެ.
އަދި ވިދާޅުވެފައިވަނީ މި މަސައްކަތަކީވެސް ރައީސް ސާލިހުގެ ސީދާ އިރުޝާދުގެ ދަށުން ފެއްޓެވި މަސައްކަތްތަކެއް ކަމަށާއި، ރައްޔިތުންގެ ތަރައްގީއަށްޓަކާ ރައީސް ސާލިހަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމުގައެވެ.