ކާރިސާތަކުން ރައްކާތެރި ވުމާއިބެހޭ ޚާއްސަ ވާކްޝޮޕެއް، ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެހީތެރިކާމާއެކު، އެޗްޑީސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިއަދު ބާއްވައިފިއެވެ.
އެޗްޑީސީން ކުރި ޓުވީޓެއްގައި ހާމަ ކޮށްފައިވާ ގޮތުގައި، މި ވާކްޝޮޕް ބާއްވާފައިވަނީ، ކާރިސާތަކުން ރައްކާތެރި ވުމާއިބެހޭގޮތުން މުވައްޒަފުންގެ ލިބިފައިވާ މައުލޫމާތުތައް މުއްސަނދި ކުރުމުގެ ގޮތުންނެވެ.
HDC in partnership with @NDMAmv is in the process of establishing a Disaster Management Plan in Hulhumalé.
Today, officials from @NDMAmv conducted a workshop for our staff to enhance their knowledge on Disaster Management. #TeamHDC pic.twitter.com/KmIV5w9FZo
— HDC (@hdcmaldives) August 28, 2022
އޭގެ އިތުރުން، އެޗްޑީސީއިން ވިދާޅުވެފައިވަނީ އެ ކުންފުނިން މިހާރު ގެންދަނީ، ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު، ހުޅުމާލޭގެ ޑިސާސްޓަރ މެނޭޖްމަންޓް ޕްލޭންއެއް ތައްޔާރު ކުރަމުން ކަމުގައެވެ.
އެޗްޑީސީއަކީ، ސަރުކާރުން ސޯޝަލް ހައުސިންގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކާ ގިނަ އަދަދެއްގެ ފްލެޓްތައް އިމާރާތްކޮށް، ދެ ލައްކައަށްވުރެ ބޮޑު އާބާދީއަކަށް އަމާޒު ކުރެވިގެން ތަރައްގީ ކުރަމުން އަންނަ، މާލޭގެ އަވަށެކެވެ. އަދި ހުޅުމާލޭގެ ދެވަނަ ފޭސް ތަރައްގީ ކުރެވި، މި ފޭސްގައިވެސް ގިނަ އަދަދެއްގެ ބަޔަކު މިހާރުވަނީ ދިރިއުޅެން ފަށާފައެވެ.