މާރންސް ޖަމިއްޔާއާއި ފުލުހުންނާއި ގުޅިގެން ފިޓްނަސް ކޭންޕް ފަށައިފި

މާރންސް ޖަމިއްޔާއާއި ފުލުހުންނާއި ގުޅިގެން ފިޓްނަސް ކޭންޕް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2022 02:49
0

މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯރޓްސް (މާރންސް) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އއ.މަތިވެރީ އަންހެން ވޮލީ ޓީމަށް ފިޓްނަސް ކޭންޕެއް ފަށައިފިއެވެ.

މި ކޭންޕްއަކީ މާރންސްގެ 02 ވަނަ ފިޓްނަސް ކޭންޕްއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ހިންގޭ ފުރަތަމަ ކޭންޕްއެވެ. އއ.މަތިވެރި އަންހެން ވޮލީޓީމުގެ ކުޅުންތެރިންގެ އިތުރުން ވޮލީ ކުޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ދީގެން ހިންގޭ މި ކޭންޕްގައި ޖުމްލަ 20 ބައިވެރިން ހިމެނެއެވެ.

ފިޓްނަސް ކޭންޕްގެ ބޭނުމަކީ ކުޅުންތެރިންގެ ފިޓްނަސް އިތުރު ކުރުމާއި، ކުޅުމުގައި ބޭނުންވާ ބުންވަރާއި އަދި ވޮލީއަށް ބޭނުންވާ ޓްރެއިނިންގ އެކުލެވޭގޮތައް ހިންގައި ކުޅުންތެރިން އިތުރަށް މޯޓިވޭޓް ކުރުމެވެ.

ކުޅުންތެރިންނަށް މިގޮތައް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ދަސްކުރާ ތަމްރީންތައް ފަހުންވެސް އަމިއްލައަށް ބޭނުންކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ދެކެމެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރުވުމަށާއި، ކުޅިވަރު އާލާކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ޖަމިއްޔާއިން އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއްކަމުގައި ޖަމިއްޔާގެ ސްޕޯރޓްސް ސުޕަވައިޒަރ ހައިޝަމް ޢަލީ ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.