މަރުވެފައިވާ މީހާ ހޯދަން އިއުލާންކުރި މައްސަލާގައި ފުލުހުން މާފަށް އެދިއްޖެ

މަރުވެފައިވާ މީހާ ހޯދަން އިއުލާންކުރި މައްސަލާގައި ފުލުހުން މާފަށް އެދިއްޖެ

Author
ހުސެއިން
28 އޮގަސްޓް 2022 01:28
0

މަރުވިތާ އަހަރެއް ވެފައިވާ މީހަކު، ތަހުގީގަށް ހޯދުމަށް އިއުލާން ކުރެވުނީތީ ފުލުހުން މާފަށް އެދިއްޖެއެވެ.

ފުލުން މިއަދު ހެނދުނު ކުރި އިއުލާނެއްގައިވަނީ، އދ. ދަގެތީ، ފެހިވިލާ، ޝަކުލުﷲ އަލީ، ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށް އިއުލާނެއް އާންމު ކޮށްފައެވެ.

ފުލުހުންގެ އިއުލާނުގައި ވާމީހާ 2021 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހު މަރުވެފައިވާކަން ހާމަވީ އޭނާގެ ކަށުނަމާދަށް ކޮށްފައިވާ އިއުލާން ސޯޝަލް މީޑިއާގައި އާންމު ވުމުންނެވެ.

އެކަން ސޯޝަލް މީޑިއާގައި އާންމު ވުމާއެކު ފުލުހުންވަނީ އިއުލާން ޑިލީޓް ކޮށްފައެވެ.

ފަހުން ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނިޔާވެފައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަމުގައެވެ.

‏މި ފުރުސަތުގައި، ނިޔާވެފައިވާ މީހާގެ އާއިލާއާއި އާންމުންގެ ކިބައިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ.

ފުލުހުންގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިފަދަ ކަންކަމުގައި އަމަލުކުރަމުންގެންދާ އުސޫލުތަކަށް ގެންނަޖެހޭ ބަދަލުތައް އެ މުއައްސަސާއިން ގެންނާނެކަމުގެ ޔަގީންކަން އަރުވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.