އެޗްޑީސީ މުވައްޒިފުންގެ ހިފެހެއްޓުމެނެތް ޝުކުރު ސުޚައިލްއަށް!

އެޗްޑީސީ މުވައްޒިފުންގެ ހިފެހެއްޓުމެނެތް ޝުކުރު ސުޚައިލްއަށް!

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ޞުޙައިލް އަޙްމަދު ރިޓަޔާރ ކުރައްވުމާއި ގުޅިގެން އެކުންފުނީގެ މުވައްޒިފުންގެ ހިތުގައި ސުޚައިލްއަށް ލޯތްބާއި ތާއީދު ދައްކާލައިފިއެވެ.

ސުހައިލް އެޗްޑީސީއާއި ގުޅިވަޑައިގަތީ 2001 ވަނަ އަހަރު ހުޅުމާލޭގެ ބިންހިއްކުމާއި ތަރައްޤީގެ މަސައްކަތްތަށް ވަކި އިދާރާއެއް އުފެދުމާއި އެކުގައެވެ. އޭނާ ވަނީ މިވޭތުވެދިޔަ އަހަރުތަކުގައި އެޗްޑީސީއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

އެޗްޑީސީގެ މުވައްފުން ވަނީ ސުހައިލްއަށް ޚާއްސަ ފެއާވެލް އެއް ބާއްވައި މުވައްޒިފުންގެ ކުރިއެރުމަށާއި، އެޗިޑީސީގެ ކުރިމަގަށް ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ، އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒިފުން ބައިވެރިވި މިހަފްލާގައި ޚާއްސަ ކޭކެއްވެސް ވަނީ ފަޅާފައެވެ.

އެގޮތުން ހުޅުމާލޭގައި 200 އާއިލާ އެންމެ ފުރަތަމަ އާބާދުވީއިރުވެސް ސުހައިލް ދިޔައީ އެޗްޑީސީގައި މަސައްކަތް ކުރައްވަމުންނެވެ. މީގެއިތުރުން އޭނާއަކީ ހުޅުމާލޭގައި މީހުން ވަޒަންވަމުންދިޔައިރު ރައްޔިތުންނަށް އިތުރު ބޯހިޔާވަހިކަން ބޭނުންވާކަން ފާހަގަކުރައްވައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތް ހިއްކުމުގެ މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ބޭފުޅެކެވެ.

މީގެ އިތުރުން ބިޔޯންޑް ހުޅުމާލޭގެ ނަމުގައި އަތޮޅުތަކަށްވެސް އެޗްޑީސީގެ ތަޖުރިބާ ގެންދިއުމުގެ މަސައްކަތްވެސް ވަނީ ފައްޓަވާ ދެއްވާފައެވެ. ސަރުކާރުގެ އެންމެ ބޮޑު އެސްއޯއީއަކަށް އެޗްޑީސީވީއިރު ސުހައިލް އަކީ ފާއިތުވެދިޔަ 4 ވެރިކަމުގައިވެސް އެޗްޑީސީގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޞުޙައިލް މަޤާމުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން އެޗްޑީސީން ވަނީ އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *