މ.އަތޮޅުގައި ސަރުކާރުން ހިންގި ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް އަންނަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެ އަތޮޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ރައީށް ޞާލިޙް މިމަހުގެ 27 އިން 29 އަށް މުލަކަތޮޅުގެ 5 ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. ދަރުތުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، -ރަތްމަންދޫ، މަޑުއްވަރި، ދިއްގަރު، ވޭވަށް އަދި މުއްޔަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްތަކުގައި ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެ މަނިކުފާނު ބައްލަވާލައްވާނެއެވެ. އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސް އަންނަ މަހު ލއަތޮޅަށްވެސް ވަޑައިގަންނާނެއެވެ.
ކޮމެންޓު ފޮނުވާ