ޖިނާއީ އެކި ކުށްތަކަސް އަރައި ގަންނަ ފަރާތްތަކުން ކުރާ ކުށްތަކުގެ އިންސާފު ހޯދުމުގެ ނަމުގައި ކުށްތައް ކުރާ ފަރާތްތަކަށް އަނިޔާވެރިވެ، އިންސާނިއްޔަތާއި ޚިލާފް އަމަލުތައް ނުހިންގުމަށް ފުލުހުން އިލްމްތިމާސް ކުރައްވައިފިއެވެ.
ފުލުހުން މިހެން ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ހިންގޭ އެކި ކުށްތަކާއި، ގުޅިގެން އާންމުންގެ ތެރެއިން ބައެއް މީހުން ކުށްތަކަށް އަރައި ގަންނަ މީހުންނަށް އަނިޔާކޮށް ހިންގަމުންދާ އަމަލުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައެވެ. ފުލުހުން ވިދާޅުވީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވާކަމަށެވެ.
އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުމަކީ ނުހަނު ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގާދާނެފަދަ އަމަލުތަކެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، މިފަދަ ކަންތައްތައް ތަކުރާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޖިނާއީ ކުށްތަކުގެ ތެރެއިން އާންމުން ނިކުމެ ކުށްކުރާ މީހުންގެ ތެރެއިން އަނިޔާވެރި އަމަލުތައް ހިންގާފައިވަނީ ޖިންސީ ކުށްތަކުގައާއި، ވައްކަމުގެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށްކަން ފާހަގަކޮށްލެވެއެވެ. މިމައްސަލަތަކުގައި ޝާމިލުވާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިމީހުންގެ މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މިފަދަ މައްސަލަތަކުގައި އާންމުން ނިކުމެ އަނިޔާވެރިވާން ޖެހެނީ ފުލުހުންނަށް މިފަދަ މައްސަލަތަކުގައި އެންމެ އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭތީ ކަމުގައ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ