14 ވަނަ ވޯލްޑް ލަގްޒަރީ ހޮޓެލްސް އެވޯޑުގެ ފަހުރުވެރި 2 އެވޯޑެއް ކުރުނބާ މޯލްޑިވްސް އަށް

14 ވަނަ ވޯލްޑް ލަގްޒަރީ ހޮޓެލްސް އެވޯޑުގެ ފަހުރުވެރި 2 އެވޯޑެއް ކުރުނބާ މޯލްޑިވްސް އަށް

Author
ޢަލީ އާދަމް
18 ނޮވެމްބަރ 2020 09:40
0

14 ވަނަ ވޯލްޑް ލަގްޒަރީ ހޮޓެލްސް އެވޯޑްގެ ފާގަހަކޮށްލެވޭ 2 އެވޯޑެއް ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ކުރުނބާ މޯލްޑިވްސް އަށް ލިބިއްޖެއެވެ.

ކުރުނބާ މޯލްޑިވްސް އަށް ލިބިފައި ވަނީ ކޮންޓިނެންޓަލް ކެޓަގަރީން "ލަގްޒަރީ ފެމެލީ ހޮޓަލް" އެވޯޑާއި ރީޖަނަލް ކެޓަގަރީން " ބެސްޓް ޔުނީކް އެކްސްޕީރިއަންސް ސްޕާ" އެވޯޑެވެ. އެންމެ ތަފާތު ތަޖުރިބާއެއް ކުރެވޭ ސްޕާގެ އެވޯޑު ލިބިފައި މިވަނީ ކުރުނބާ މޯލްޑިވްސްގެ ވެލި ސްޕާ އަށެވެ.

2006 ވަނަ އަހަރުން ފެށިގެން ދެމުންއަންނަ ވޯލްޑް ލަގްޒަރީ ހޮޓެލްސް އެވޯޑަކީ ފަތުރުވެރިންގެ ވޯޓުން ހޮވޭ ފަރާތްތަކަށް އެވޯޑު ލިބޭ އުސޫލުން ކުރިއަށްގެންދާ އެވޯޑެކެވެ.

ކޯވިޑް-19ގެ ސަބަބުން ބަންދު ކުރުމަށްފަހު ޑިސެމްބަރު 1 ވަނަދުވަހު އަލުން ހުޅުވާ ކުރުނބާ މޯލްޑިވްސް ރިސޯޓަށް މިއީ މިދަނޑިވަޅުގައި ލިބިގެންދާ ވަރަށްބޮޑު ޝަރަފެއް ކަމަށް، މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ ހަވާލުވެފައި ވާ އެމްއެމްޕީއާރްސީން ބުނެއެވެ.

ފޮޓޯ: ކުރުނބާ މޯލްޑިވްސް

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓުގެ ޝަރަފު އޮންނަ ކުރުނބާ މޯލްޑިވްސްއަކީ ދުނިޔޭގެ މަޝްހޫރު ގިނަ ބަޔަކު ޒިޔާރަތް ކުރާ ރިސޯޓެވެ. އެ ގޮތުން މި ރިސޯޓު މަގުބޫލުވެފައިވަނީ އިވެންޓްތައް ބޭއްވުމާއި ރާއްޖެއަށް އަންނަ، ގައުމު ތަކުގެ މަތީ ފަންތީގެ ބޭފުޅުންނަށް ހިދުމަތްދޭ ރިސޯޓެއްގެ ގޮތުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.