ބޮލިވުޑްގައި ތަފާތު އެކި ރިއަލިސްޓިކް ރޯލުތައް ކުޅުމަށް މަޝްހޫރު އެކްޓަރު ނަވާޒުއްދީން ސިއްދީގީ، އޭނާ ކުރިއަށް އޮތް ފިލްމުން ފެނިގެންދާ ގޮތް ދައްކާލައި، އެތައް ބައެއް ހައިރާން ކޮށްލައިފިއެވެ.
ނަވާޒުއްދީނަކީ އަބަދުވެސް ވަރަށް ތަފާތު ރޯލުތަކުން ފެންނަ އެކްޓަރެކެވެ. މިފަހަރުވެސް މީހުން އާޝޯހް ވާފަދަ ރޯލަކުން ނަވާޒުއްދީން ފެންނާނެކަމީ އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމު "ހައްޑީ" ގެ ޕޯސްޓަރެއް މިހާރު ވަނީ ދައްކާލައިފައެވެ. ވަރަށް ފެޝަން އެހާމެ ގްލެމަރަސްކޮށް އަދި ވަރުގަދަ މޭކަމެއްޕައެއްގައި އޭނާ ފެނިގެންދާއިރު، އެއީ ހަމަ އޭނާތޯ އެތަށް ބަޔަކު ވަނީ ސުވާލު ކޮށްފައެވެ. މި ޕޯސްޓަރުގައި އެހާވެސް އޭނާ ތަފާތު ކަމުން މީހުން ތިބީ ހައިރާންވެފައެވެ.
"ހައްޑީ އަކީ ރިވެންޖް ޑްރާމާއެކެވެ. ޒީ ސްޓޫޑިއޯސް އާއި އަނަންދިތާ ސްޓޫޑިއޯސް ގުޅިގެން ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ އަކްޝަތު އަޖޭ ޝަރުމާއެވެ. ޕޯސްތަރު ދައްކާލައި ފިލްމުގެ މަސައްކަތް ފެށިކަން އިއުލާން ކުރި ނަމަވެސް ފިލްމާއި ބެހޭ އިތުރު މައުލޫމާތެއް މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެއެވެ. ފިލްމު ސިނަމާއަށް ގެނައުމަށް މަސައްކަތް ކުރަނީ އަންނަ އަހަރުއެވެ.
ކާމިޔާބު އެތައް ފިލްމަކުން ފެނިފައިވާ 48 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "ހީރޯޕަންތީ 2″ އިންނެވެ.