އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން ސުހައިލް އިސްތިއުފާދެއްވައިފި

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން ސުހައިލް އިސްތިއުފާދެއްވައިފި

Author
މުޙައްމަދު ޖިމީ
24 އޮގަސްޓް 2022 11:16
0

ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން "އެޗްޑީސީ"ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުން  ސުހައިލް އަޙްމަދު އިސްތިއުފާދެއްވައިފިއެވެ.

މި ސަރުކާރުން ފެށުނުތަނާ އެންމެ ފުރަތަމަ ކުންފުނިތަކަށް އައްޔަންކުރެއްވި އެމްޑީންގެތެރޭގައި ހިމެނިވަޑައިގަންނަވާ ސުހައިލް އިސްތިއޔފާ ދެއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

ސުހައިލް އަޙްމަދަކީ ރައީސް މައުމޫންގެ ވެރިކަމުގައި 2001 ވަނަ އަހަރުން ފެށިގެން ހުޅުމާލެ ތަރައްގީކުރުމަށް އުފެއްދި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓްގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ މަގާމަޤާމާއި ގުޅިވަޑައިގެނެނެވުމަށްފަހު، ހުޅުމާލޭގެ ތަރައްޤީ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވާފައިވާ ބޭފުޅެކެވެ. ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓްރީގައި ވެސް މުހިއްމު މަސައްކަތްކުރައްވާފައިވާ ސުހައިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތީ ރައީސް ވަހީދުގެ ވެރިކަމުގައެވެ.

އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވުމަށްފަހު އަމިއްލަފުޅަށް އެމަޤާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ސުހައިލް އަކީ ހުޅުމާލޭގެ ތަރައްޤީއަށް ގިނަމަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥާލު ސޮރު
ޥާވަރައް ކެވުނީ ދެން ހުރީވެސް ކުންފުނީގަ ކާން ނޭންގޭ ބޭފުޅެއް ހަމަ އެއްކަމެއްގަ ދެބޭފުޅުންވެސް އުޅުއް ވަނީ