ސްޕެނިޝް ލީގުގައި ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅެމުން އައި ބްރެޒިލުގެ މިޑްފީލްޑަރު ކަސެމީރޯ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ޔުނައިޓެޑުންވަނީ ރޭ ލިވަޕޫލާއި ބައްދަލުކޮށް މޮޅުވި މެޗްގެ ކުރިން އެކްލަބްގެ ސަޕޯޓަރުންނަށް ކަސެމީރޯ އާންމުކޮށް ތައާރަފްކޮށްފައެވެ. މައުލޫމާތުލިބިފައިވާގޮތުގައި ކަސެމީރޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ޔުނައިޓެޑުން ރެއާލް އުމުރުން 30 އަހަރުގެ މިކުޅުންތެރިޔާ ހޯދުމަށް 70 މިލިއަން ޕައުންޑްގެ އަގެއް ދައްކާނެކަމަށްވެއެވެ.
ކަސެމީރޯ ހާމަކުރިގޮތުގައި އޭނާއަށް މިގުޅެވުނީ ދުނިޔޭގެ އެންމެ ބޮޑު ޓީމާކަމަށެވެ. ކަސެމީރޯ ހާމަކުރިގޮތުގައި އޭނާ ޔުނައިޓެޑަށް ބަދަލުވީ ފައިސާއަށް ނޫން ކަމަށާއި އެކަން ބޭނުންނަމަ އޭނާ ރެއާލް މީގެ ހަތަރު ފަސް އަހަރު ކުރިން ދޫކޮށްލީސް ކަމަށެވެ. އަދި ޔުނައިޓެޑާއެކު ކެރިއަރުގެ އާ ސިފަހާއެއް ފެށި ޕްރިމިއަރ ލީގުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމެއް ކަމުގައި އޭނާ ހާމަކުރިއެވެ.
އަދި ކަސެމީރޯގެ ކެރިއަރުގައި ވަރަށް ގިނަ މޮލޫ ކޯޗުންނާއ ިއެކު މަސައްކަތް ކުރެވިފައިވާ ކަމަށާއި އަދި އެރިކް ޓެން ހާގްއާއި ބައްދަލުވެ އޭނާ ގެންގުޅެ ވިސްނުންތައް އަޑުއެހުމަށްފަހު އޭނާ އާއެކު އަވަހަށް މަސައްކަތް ފަށަން ބޭނުންވެފައިވާކަމަށްވެސް ކަސެމީރޯ ހާމަކުރިއެވެ.
މީގެއިތުރުން ޔުނައިޓެޑްގެ ތާރީހަކީ އެންމެންނަށްވެސް އެނގޭ ކަންތައްތައް ކަމަށާއި މިވަރުގެ ބޮޑު ކްލަބަކަށް ކުޅުމުގެ ުރުސަތު ލިބިގެންދިއުމަކީ އޭނާއަށް ލިބިގެންދާ ޝަރަފެއް ކަމަށާއި އަދި މިކްލަބަށް އޭނާއަށް ކޮށްދެވެން އޮތް ހުރިހާ ކެމެއް ކޮށްދޭނެކަމަށްވެސް ކަސެމީރޯ ހާމަކޮށްފައިވެއެވެ. ކަސެމީރޯ ޔުނައިޓެޑަށް މި ބަދަލުވީ ރެއާލްގައި 9 އަހަރު ހޭދަކުރުމަށްފަހުއެވެ.