މާލެ، ހުޅުމާލެ ހައިވޭގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ފޮރޮޅާލައި އޭޣައި ތިބި ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އޭގައި ތިބި 3 މީހަކަށެވެ. ފުލުހުން ބުނީ އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ. އެމީހުންނަށް މާ ބޮޑު އަނިޔާއެއް ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.
🚨#Breaking: 03:15 haa iru Bridge highway mathee Dhivehi Fuluhun ge hidhumathuge executive beynun thakah gengulhemun dhaa Car eh furolhaalai nurakkatheri accident eh hin'gaifi
Ithuru mauloomaathu: https://t.co/WRzMzCWKVC pic.twitter.com/g0KgrS0Rp4
— #MvCrisis (@MvCrisis) August 21, 2022
ފުލުހުންގެ ކާރު ފުރޮޅާލި ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ފެންނަގޮތުގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
ކޮމެންޓު ފޮނުވާ