ލީޑްސް އިން ޗެލްސީ ބަލިކޮށްފި

ލީޑްސް އިން ޗެލްސީ ބަލިކޮށްފި

ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް އަތުން 0-3 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.

ލީޑްސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ޗެލްސީން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް، ލީޑްސް އިންަ ދިޔައީ އެޓީމަށް ލިބުނު މަދު ފުރުސަތުތަކުގައި ޗެލްސީގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން ލީޑްސް އިން ވަނީ 33 ވަނަ މިނެޓުގައި ބްރެންޑެން އާރޮންސަންގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ރޮޑްރިގޯ މޮރޭނޯ ވަނީ ލީޑްސްއަށް ލީޑު އިތުރަށް ފުޅާ ކޮށްދީފއެވެ. މި ލަނޑުތަކާއެކު ޗެލްސީން ކުރިޔަށް ޖެހި އެޓޭކްތައް ކުރަން މަސައްކަތް ކުރި ނަމަވެސް، ފުރަތަމަ ހާފް ނިމިފައި ވަނީ 0-2 ގެ ނަތީޖާއަކުން ޗެލްސީގެ މައްޗަށް ލީޑްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ލީޑްސް އިން ޗެލްސީއަށް ޕްރެޝަރު ކުރަމުން ދިޔައިރު، ޗެލްސީން ދިޔައީ ލީޑްސްގެ ގޯލަށް ނުރައްކާކޮށް، ހަމަލާތައް އުފައްދަމުންނެވެ. ނަމަވެސް ގޯލުގެ ތިން ދަނޑިން އެތެރެއަށް އެޓީމަށް އެންމެ ގޯލެއްވެސް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ލީޑްސްގެ ތިން ވަނަ ލަނޑު 69 ވަނަ މިނެޓުގައި ވަނީ ކާމިޔާބު ކޮށްފައެވެ. މި ލަނޑު ރޮޑްރިގޯ މޮރޭނޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޖެކް ހެރިސަންއެވެ.

ޗެލްސީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މި ފަހަރުގެ ޓްރާންސްފާގައި 45 މިލިއަން ޑޮލަރަށް ޗެލްސީން ގެނައި ސެނެގާލްގެ ޑިފެންޑަރު، ކަލީދޫ ކުލިބާލީ އަށް ވަނީ މެޗުގެ 84 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފައެވެ. ކުލިބާލީ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ފުރަތަމަ ހާފުގައެވެ.

މި މެޗުގައި ޗެލްސީން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ލީޑްސްގެ ކީޕަރު އިލާން މެލިއޭ ވަނީ މަތަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *