ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ

ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2022 09:15
0

ގއ.ރަތަފަންދޫގައި މިދިޔަ ހަފްތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މީގެ ދެދުވަހެއް ކުރިންނެވެ. އެ ހާދިސާގައި ފިހުނު އަންހެން މީހާއަށް ފުރަތަމަ ފަރުވާދީފައި ވަނީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. މި ހާދިސާގައި ފިހުނު އަންހެން މީހާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއްގައި ކާޑެއްދޫ މަގުން ބުރާސްފަތި ދުވަހުއެވެ. އޭރުއްސުރެ ފެށިގެން އެ މީހާއަށް އައީ އައިޖީއެމްއެޗްގައި ފަރުވާ ދެވެމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގާ އެ އަންހެން މީހާގެ ހަށިގަނޑުގެ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑަށް ވަނީ ފިހިފައެވެ.

އެ އަންހެން މީހާ ނިޔާވެފައި ވަނީ މިއަދު ފަތިހުުގެ ވަގުތެއްގައެވެ. މި ހަދިސާގައި ނިޔާވެފައި ވަނީ އުމުރުން 53 އަހަރުގެ އަންހެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.