މަޝްހޫރު ލަވަކިއުންތެރިއާ ޓެއިލާ ސްވިފްޓް އަކީ މަގުބޫލު އެތަށް ލަވަތަކެއް ކިޔައިފައިވާ ލަވަކިއުންތެރިއެކެވެ. މީގެ އިތުރުން ލަވަ ކިއުމުގެ ހުނަރާއި އެކުގައި އެކްޓް ކުރުމުގެ ހުނަރު ލިބިފައިވާ ތީރި ތަރި ވަނީ ބައެއް ފިލްމްތަކުން ވެސް ފެނިގެން ގޮސްފައިއެވެ.
ކޮންމެއަކަށް އެތަށް ހުނަރަކުން ފުރިފައިވާ ތަރީގެ ތަފާތު ހުނަރެއްގެ ވާހަކަ ވެސް އެބައޮތެވެ. އެގޮތުން ޓެއިލާ އަކީ މާ ހާއްސަ ކުކީއެއް ތައްޔާރުކުރާ ތަރިއެކެވެ.
އެގޮތުން އޭނާއަށް ހާއްސަ މި ކުކީގެ ނަމަކީ ޗައި ކުކީއެވެ. ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ކުކީ އަކީ އޭނާއަށް ވަރަށް ކަމުދާ އެއްޗެއް ކަމަށްވެސް ވެއެވެ.
ކޮންމެއަކަށް ޓެއިލާއަށް ހާއްސަ މި ކުކީ ކޮންމެ މީހަކަށްވެސް ތައްޔާރު ކުރެވިދާނެެވެ. މީ ޓެއިލާ އަމިއްލައަށް ކުކީ ތައްޔާރު ކުރާ ގޮތުގެ ރެސިޕީއެވެ.
1/2 ޖޯޑު ބަޓަރު
1/2 ޖޯޑު ހަކުރު
1/2 ޖޯޑު ވެޖިޓިބަލް އޮއިލް
1/2 ޖޯޑު އައިސިން ޝުގާ
1 ބިސް
2 ޖޯޑު ފުއް
2 ސައިސަމުސާ ވެނީލާ އެސެންސް
1/4 ސައިސަމުސާ ލޮނު
1/2 ސައިސަމުސާ ބޭކިންގ ސޮޑާ
1 ސާފަތް ޕެކެޓް
އައިސިންގް އަށް ބޭނުންވަނީ :
1 ޖޯޑު އައިސިން ޝުގާ
1/4 ސައިސަމުސާ ފޮނިތޮށި ޕައުޑަރު
1/4 ސައިސަމުސާ ނަގްމެޓް
3 މޭޒުމަތީ ސަމްސާ ދިއާ ކިރު
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ބަޓަރު ކޮޅު މިނިޓް އެއް ދެމިންޓް ވަރު ވަންދެން ބީޓް ކޮށްލާށެވެ. އިލެކްތްރިކް މިކްސަރު ބޭނުން ކުރުމުން ފަސޭހަ ވާނެއެވެ. އެއަށް ފަހު ތެޔޮ، ބިސް، އެސެންސް އެއްކޮށްލާނީއެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެކުވުމުން ހަކުރު އަޅާއި އަލުން ހުރިހާ އެއްޗެއް އެއްކޮށްލާނީއެވެ. އެއަށް ފަހު ސައިފަތް ޕެކެޓް ކަނޑައިލައިފައި ސައިފަތް ކޮޅު އަޅައި އެއްކޮށްލާށެވެ. އެއަަށް ފަހު ބޭކިންގ ސޮޑާ، ލޮނު އަދި ފުއްކޮޅު އަޅައި އެއްކޮށްލާށެވެ.
ހުރިހާ އެއްޗެއް ރަނގަޅަށް އެކުވުމުން ސެޓް ކުރުމަށް ގަޑިއެއްހައި އިރު ވަންދެން އައިސްއަލަމާރީ ބަައިންދާށެވެ. ސެޓްވުމުން ނަގައި ސަމްސަލެއް ބޭނުން ކޮށްގެން ޓްރޭގައި ދެމެދުގައި ދުރުމިނެއް ހުންނާނެ ގޮތަކަށް ފުއްކޮޅު އަތުރާލާށެވެ. އެއަށް ފަހު ފިހެލާށެވެ. 10 ވަރަކަށް މިނިޓްތެރޭގައި ފިހެވޭނެއެވެ.
އެއަށް ފަހު އައިސިން ހެދުމަށް އައިސިންގ ޝުގާ އާއި ފޮނިތޮށި ޕައުޑަރު އަދި ނަގްމެޓް ކޮޅު އެއްކޮށްލައިފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން 3 މޭޒުމަތީ ސަމްސާ ކިރު އެޅުމަށްފަހު ހުރިހާއެއްޗެއް އެކޮން މިކްސް ކޮށްލާށެވެ.
އަވަން އިން ކުކީތަށް ނަގައި ހިހޫ ވުމުން މަށްޗަށް އައިސިން ކޮޅު އަޅާލުމުން ހުންނާނީ ޓެއިލާ ސްވިޕްޓްގެ ޗައި ކުކީސް ތައްޔާރުވެފައިއެވެ. މީ ހުކުރު ދުވަހާއި ދިމާކޮށް ހަވީރަށް ތައްޔާރު ކޮށްލުމަށް ރަނގަޅު ބާވަތަކަށް ވާނެއެވެ.