ލޯނު އުސޫލުން ޑެލޭ އަލީ ބެސިކްޓާސްއަށް ދޫކޮށްލަނީ

ލޯނު އުސޫލުން ޑެލޭ އަލީ ބެސިކްޓާސްއަށް ދޫކޮށްލަނީ

Author
މުޙައްމަދު ޝަޒައިމް
18 އޮގަސްޓް 2022 02:41
0

އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއަށް ކުޅެމުން އަންނަ ޑެލޭ އަލީ, ލޯނު އެއްބަސްވުމެއްގެ ދަށުން ތަރުކީގެ ބެސިކްޓާސްއަށް ފޮނުވުމާ ގުޅޭގޮތުން އެވަޓަންއިން މަޝްވަރާކުރަން ފަށައިފިއެވެ.

އުމުރުން 26 އަހަރުގެ މިކުޅުންތެރިޔާ މިއަހަރުގެ ޖެނުއަރީ މަހު އެވަޓަންއަށް ބަދަލުވިފަހުން މިހާތަނަށް ކުޅުނު 13 މެޗްގެ ތެރެއިން ފުރަތަމަ އެގާރައިހާ ހިމެނިގެން ކުޅެފައިވަނީ އެންމެ މެޗެއްގައެވެ.

މިމަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް މަޝްވަރާތައް ކާމިޔާބު ވަނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ޓޮޓްނަމްގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ އަލުން ކުރީގެ ފެންވަރަށް އަނބުރާ ދިއުމުގެ މަގުސަދުގައި އެވަޓަންއަށް ބަދަލުވި ޑެލޭ އަލީއަށް އަދި މިކަމުގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

އެވަޓަންގެ ކޯޗް ފްރޭންކް ލެމްޕާޑްވަނީ ޕްރެކްޓިސްގައި އަލީ އެއް ފެންވަރެއްގައި އޭނާގެ ކުޅުން ހިފެހެއްޓުމަށް ގޮވާލާފައެވެ. މިސީޒަންގައި އަލީ ވަނީ އެވަޓަން މިހާތަނަށް ކުޅުނު ދެމެޗްގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ. އެވަޓަންއިން މިހާރު އަންނަނީ އެޓީމް ވަރުގަދަ ކުރުމަށްޓަކައި ކުރިން އެޓީމަށް ކުޅުނު އިދދްރީސާ ގުއޭޔޭ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ޕެރިސް ސެއިންޓް ޖަރމެއިންއަށް މިހާރު ކުޅެމުންދާ ސެނެގާލްއަށް ނިސްބަތްވާ މިކުޅުންތެރިޔާ އެވަޓަންއިން ޕީއެސްޖީއަށް ބަދަލުވީ 2019 ވަނަ އަހަރު 30 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.