ނަޝީދުގެ ހަރުގެ ޖަލްސާ: ވަޑިގެންނެވި އިރު ހަރުގެ ހުސްކޮށް، ބައިވެރިވީ މަދު މީހުންކޮޅެއް

ނަޝީދުގެ ހަރުގެ ޖަލްސާ: ވަޑިގެންނެވި އިރު ހަރުގެ ހުސްކޮށް، ބައިވެރިވީ މަދު މީހުންކޮޅެއް

Author
ހުސެއިން
18 އޮގަސްޓް 2022 08:16
0

އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާފައިވާ ބަރުލަމާނީ ގަރާރަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ކުރިޔަށް ގެންދަވާ ހަރުގެ ޖަލްސާތަކަށް ހާޒިރުވާ އެޕާޓީގެ މެމްބަރުންގެ އަދަދު އާދަޔައި ޚިލާފަށް މަދުވުމާއި ގުޅިގެން ގިނަ ބަޔަކު އެކަން ސޯޝަލް މީޑިއާގައި ފާހަގަ ކުރާން ފަށައިފިއެވެ.

މިގޮތުން، ބަރުލަމާނީ ނިޒާމަކަށް ތާއީދު ހޯއްދެވުުމަށް މިހާރު ނަޝީދު ކޮންމެރެއަކު ބާއްވަން ފަށާފައިވާ ހަރުގެ ޖަލްސާތަކުގައި ބަރުލަމާނީ ނިޒާމުގެ ފައިދާތަކާއި ގުޅެގޮތުން ގިނަ މައުލޫމާތުތަކެއް ދެއްވަމުން ގެންދަވާއިރު، ރޭގެ ޖަލްސާ ވެގެން ދިޔައީ އާދަޔާ ޚިލާފަށް މަދުން މީހުން ހަރުގެއައް ހާޒިރުވި ރެއަކަށެވެ.

އަދި ރޭ ނަޝީދު އެންމެ ފުރަތަމަ ހަރުގެއައަށް ވަޑައިގެންނެވިއިރު، މުޅި ހަރުގެ އޮތީ ހުސްކޮށްކަން ފާހަގަ ކޮށްލެވުނެވެ. އެއަށްފަހު ހަރުގޭގެ ކުރިމައްޗަށް މަގަށް ނިކުމެވަޑައިގެން މީހުންނާ ވާހަކަ ދައްކަވަން ކުޑަ އިރުކޮޅަކު ހުންނެވުމަށްފަހުވެސް ހަރުގެއަށް ހާޒިރުވެ ތިބި މީހުންގެ އަދަަދު މަދު ވުމުގެ ސަބަބަކުން ޖަލްސާ ފެށިފައިވަނީވެސް އިތުރަކެއް ފަހުންނެވެ. އަދި ފެށިގެން ކުރިޔަށްދިޔަ ޖަލްސާގައި ހާޒިރުވެތިބީވެސް ޕާޓީގެ އާދަޔާ ޚިލާފު މަދު އާންމު މެމްބަރުން ކޮޅެކެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެމްޑީޕީގެ އިސް ފަރާތްތަކުންވެސް ގެންދަވަނީ އެ ވިސްނުމަށް ތާއީދު ނުކުރާކަން ހާމަ ކުރަމުންނެވެ. އޭގެތެރޭގައި ރައީސް ސާލިހުގެ އިތުރުން ކެބިނެޓްގެ ގިނަ ވަޒީރުންނާއި އިސް އެހެން ގިނަ ފަރާތްތައްވެސް ހިމެނެއެވެ.

ބަރުލަމާނީއަށް ތައީދު ހޯދުމަށް ހަރުގެ ޖަލްސާތައް ނަޝީދު ބާއްވަމުން ގެންދަވަނީ، ކޮންމެރެއަކުވެސް ހަރުގެއަށް ވަޑައިގަންނަވާކަން ރަސްމީ ޓުވިޓަރ މެދުވެރިކޮށް އިއުލާން ކުރެއްވުމަށްފަހުއެވެ. އަދި ވަޓްސްއަޕް ގުރޫޕުތަކުގައިވެސް ދުރާލާ އެކަން އާންމުކޮށް އިއުލާން ކުރުމަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.