އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެގެން އުޅެނީ ނަފްސާނީ މައްސަލައެއް ކަމަށާއި، ނިޒާމީ މައްސަލައެއް ނޫން ކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލިސް ރިޔާސަތުގައި އިނދެގެން ނަޝީދު ހަދަމުންދަނީ މުޅިންވެސް ދޮގުކަމަށާއި، ރައީސް ސާލިހިގެ ކެބިނެޓްގައި ތިއްބެވި ރަގަޅު ވަޒީރުންވެސް ފްރޭމްކޮށް އެއްލާލާފައި ވާކަމުގައެވެ. އަދި އެ ވަޒީރުންނަށް ކުރި ތުހުމަތުތައް ވެސް ސައިބޯނި ބޮތްކަކަށްވެ، ރައީސް ސާލިހު ބަލިކަށިކުރަން ކުރިހާ މަސައްކަތްތަކެއް ނާކާމިޔާބުވެ، މިހާރު ނަޝީދު ކުރަން ފަށާފައިވަނީ 2004 ގައި ކުރި ޒާތުގެ ކެމްޕޭނެއްކަމަށްވެސް ސައުދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
RN dhimaavegen ulhenee nafusaanee mahsala eh ,Nizaamee mahsala eh nun.Riyaasath ga indhegen hedhee hus goas.Raees @ibusolih cabinet thibi rangalhu vazeerun fram koh ehlaalee.kuri thuhumath saiboani bohkakah v.Gasthuga RJ bali kashi kuran kuri masahkah kaamiyaab nu v ma 2004 kuri
— Saudulla Ahmed (@saudullaahmed1) August 17, 2022
ސައުދު ވިދާޅުވި ގޮތުގައި، އޭރު ނަޝީދު ކުރެއްވި މަސައްކަތަކީ ކޮރަޕްޝަނާއި އަނިޔާގެ ވާހަކަ ދައްކައިގެން މަޝްހޫރުކަން ހޯދުން ކަމުގައެވެ.
ސައުދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ނަޝީދު ވިއްކަން އުޅޭ އެއްޗެއް މިހާރު މި ގައުމުގައި ނުވިއްކޭނެ ކަމަށާއި، ނަޝީދުގެ ވާހަކަތައް ގަބޫލުކުރާނެ ރައްޔިތަކުވެސް ރާއްޖޭގައި ނެތްކަމުގައެވެ. އަދި ޓެސްޓް ކުރެވި، ފެއިލްވެފައި އޮތް ނިޒާމެއް ރާއްޖެއަށް ގެނެވޭނެ އެއްވެސް ގޮތެއް ނެތްކަމުގައެވެ.
ބަރުލަމާނީ ނިޒާމު ރައްޔިތުން ބަލައި ނުގަންނާނޭކަމަށް ސައުދު ވިދާޅުވެފައިވާއިރު، ނަޝީދު ވަކާލާތު ކުރައްވަމުން ގެންދަވާ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކާއި، ރައީސް ސާލިހުގެ ކެބިނެޓްގެ ވަޒީރުންގެ އިތުރުން ސިޔާސީ ޕާޓީތަކުންވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްގެ ތާއީދު ހޯއްދުވުމަށް ނަޝީދުވަނީ ކުރިޔަށް އޮތް ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފައެވެ.
މިގަރާރުގައި ނަޝީދު ހިމަނުއްވާފައިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮމްގްރެސް އިގުރާރު ވުމަށެވެ.
އެއަށްފަހު މި ހަފްތާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި، ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވުމަށް ނަޝީދު ބޭނުންފުޅުވާ އިސްލާހު ވަނީ އާންމު ކުރައްވާފައެވެ.
ނަޝީދު އާންމު ކުރެއްވި އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ބާރުތައް ތަފްސީލްކޮށް ދެއްވާފައެވެ. އެގޮތުން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރެއްވުމާއި، އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމު ރައީސްއަށް ދެއްވުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ